ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.އަފްރާޝީމްގެ މައްސަލަ، ބޮޑު ގޮހޮޑާ ވާހަކައަށް ހަދައިފި: މެމްބަރު މޮސްޓާ

މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރު، އަދި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިެގެ ވާހަކަ ބޮޑު ގޮހޮޑާ ވާހަކައަށް ވެފައިވާ ކަމަށް ރިޕޯޓަށް ބަހުސްކުރައްވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ، މޮސްޓާ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރާއި ގުޅިގެން މަރުގެ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ދިރާސާކުރި ސަބްކޮމިޓީއިން އެކުލަވާލި ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ. އޭނާ ވަނީ މި ރިޕޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޑރ.އަފްރާޝީމްގެ މަރުގެ ވާހަކަ އޭރެއްގަ ވަކި ބަޔަކު ބޭނުންވާހާ ގޮތަކަށް ވާހަކައެއް ދައްކަން އޮތްކަމަކަށް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމަށްބުނެ، އެމްޑީޕީއިން މަސައްކަތްކުރަނީ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލަން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ބޮޑެތި މަރުގެ މައްސަލަތަކާއި ޖަރީމާތަަކަށް ހިންގި ފަރާތްތައް، ނިސްބަތްވަނީ އެމްޑީޕީއަށްކަމަށްވެސް ވިދާޅުވެފައެވެ.

”ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލަން ލާދީނީ ބަޔަކު އަޑީގައި ތިބެގެން ކުރާ މަސައްކަތް މިއީ. ސަލްފްއާއި މިކަމާއި ގުޅުވަނީ އެމްޑީއެން އުވާލީމަ ބަދަލު ހިފަން. މި މަޖިލީހުގެ ރައީސްކަން ކުރާ މީހަކު، މި މައްސަލައިގައި ހިމެނޭ ބަޔަކު ފިލައިފިކަމަށް ބުނި. އެކަމަކު އެވާހަކައެއް ނުދައްކާ. މީހަކު ހައްޔަރެއް ނުވޭ.“

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް، ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓްގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް ހުށަހަޅާއެ ރިޕޯޓާއި މެދު ވަނީ ބަހުސްކޮށްފައެވެ. އެ ރިޕޯޓްގައި ޖުމުލަ އެގާރަކަމަކަށް ލަފާދީފައިވާކަން ފާހަގަކުރައްވާފައެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އެ މައްސަލައިގައި ޖިނާއީ ކުށްތައް ކުރި ފަރާތްތަކާއި މެދު އަވަހަށް ފިޔަވަޅު އެޅުން (އޭގެތެރޭގައި ޑރ.އަފްރާޝީމްގެ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ބެލެވޭ ހުމާމްއާއި، ކްރަސްޓީސް ރެސްޓޯރެންޓްގައި ތިބި ޖަރީމާ ހިންގުމުގައި ބައިވެރިވީ ފަރާތްތަކާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ އަށާރަ އަހަރުގެ ކުއްޖާވެސް ހިމެނެއެވެ.

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ އަކީ ސިޔާސީ ކަމެއްކަމަށް މީގެ ކުރިން ބުނި ނަމަވެސް، އެމަނިކުފާނު އަވަހާރަކޮށްލީ ހަރުކަށި ދީނީ ފިކުރުގެ ބަޔަކު ކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ސަލަފް ޖަމިއްޔާއިން ނެރުނު ފަތުވާއެއްގެ ސަބަބުން އެކަމަށް ހިއްވަރު ލިބުނުކަމަށްވެސް ބުނެފައިވެއެވެ. ސަލަފްއިންވަނީ އެއީ ސަލަފް ފްރޭމްކޮށް ބަދުނާމުކުރަން ދައްކާ ވާހަކަކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: