ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ”ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް“ ގެ ހިއްސާދާރު ހުސައިން ސަނީ އުމަރު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ސަނީ އުމަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރީ އޭނާ ބަންދުގައި ބަހައްޓަން ކުރިން ދިން 30 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކަށް ރިއާޔަތްކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ހަލާލް ޓޫރިޒަމް ބްރޭންޑެއްގެ ދަށުން ޓްރެވެލް އެޖެންސީއަކާއި މީޑިއާއެއް ހިންގުމުގައި އިސްކޮށް އުޅުނު ސަނީ އުމަރުގެ މައްޗަށް މި ތުހުމަތު ކުރެވުނީ، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖެއްގެ އާއިލާއިން ފުލުހަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. މި މައްސަލަ ފެންމަތިވިއިރު އޭނާ ހުރީ ރާއްޖެއިން ބޭރުގައެވެ.

ސަނީ އުމަރު ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން އޭނާ ހިފެހެއްޓިއެވެ. ފުރަތަމަ ސުވާލުކުރުމަށްފަހު ދޫކޮށްލި ނަމަވެސް، ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައި އަލުން ރާއްޖެއިން ފުރަން އުޅެނިކޮށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ”ދަ ޓްރެވެލް ގައިސް“ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަނީ އުމަރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ ހިއްސާ އަތުލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި ކުންފުނިން ހިންގާ މީޑިއާގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: