ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިން ވެރިކަމުގައި ނެތް ކަމުގެ އިހުސާސް މިއަދު އެބަ ކުރެވޭ- ޑރ.ޝަހީމް

ޑރ. ޝަހީމް ރައީސް ޔާމިން އަރިހުގައި... ފޮޓޯ: ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުޤައްޔޫމް ވެރިކަމުގެ ޒައާމަތުގައި ނެތްކަން މިއަދު އިހުސާސްކުރެވިއްޖެ ކަމަށް ރިޔާސީ އިންތިޙަބުގައި ރައީސް ޔާމިންގެ ރަނިންގެ މޭޓު ޑރ. މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަޤާމު މިޙާރު ފުރުއްވަމުން ގެންދަވާ ޑރ.ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައިސް ޔާމިންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރީ ބޭރުގެ އިސްތިޢުމާރީ ބާރުތައް ފަހަތުގައި ތިބެގެންކަމަށާއި އެމަނިކުފާނުގެ ވެރިކަން ވައްޓާލަން ވައްޓާލަން މަސައްކަތް ކުރީގެ ސިއްރު އެޖެންޑާއެއްގެ ދަށުން ކަމަށެވެ.

އަދި ރައީސް ޔާމިންގެ ”އަތްޕުޅުގައި ހިފި ހިފުމަކީ ޙައްޤު ހިފުމެއް“ ކަމަށް މިއަދު އިތުރަށް ޔަޤީންވެއްޖެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމްދީނާ ދިވެހި ޤައުމުގެ މިނިވަންކަމަށް ލޮޅުމެއް އަރާފާނެ އެއްވެސް ކަމަކަށް ޖާގައެއް ނުދެއްވާކަން ފާހަގަކުރެއްވިއެވެ.

”އިސްލާމްދީނުގެ ޢަދާވާތްތރެި ބާރުތައް ބަލިކަށިކުރެއްވިއެވެ. ކިއެއްތޯ އެވެ. އެމަނިކުފާނު މަސައްކަތްކުރައްވާފައިވަނީ ހަރުކަށި ފިކުރުގެ މީހުން ވެސް ނަސޭހަތްދީގެން ރަނގަޅުކޮށް މުޖުތަމަޢަށް ގެނައުމަށެވެ. އަދި ކައުންޓަރ ޓެރަރުޒަމް ސެންޓަރ ވެސް އުފައްދަވައި ޤާނޫނޫ އެކުލަވާލައްވައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި އިސްލާމީ ތަޢުލީމު ފުޅާކުރައްވައި ޢަރަބި ބަސް ދިރުއްވައި އިސްލާމް ޤުރުއާން މަޖްބޫރު މާއްދާއެއްކަމުގައި ހެއްދަވައި ޤައުމު ތަރައްޤީކުރައްވައި ސްކޫލްތަކުގައި ވެސް ޢަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދެއްވުމަށް ކަނޑައަޅުއްވައި އެކަން ފެއްޓެވިއެވެ. އިސްލާމީ މަރުކަޒުތައް ޤާއިމު ކުރައްވައި ޙާފިޒުން އިތުރު ކުރައްވައި އިސްލާމިކް ޔުނިވަރސިޓީ އުފައްދަވައި، ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖުގެ އިދާރީ ކަންކަން ފުޅާކުރައްވައި އައުޤާފުތައް ބިނާކުރެއްވުމަށް އެހީތެރިވެދެއްވައި، އިސްލާމީ އުންމަތާ ވަރުގަދަ އަށް ގުޅުން ބަދަހި ކުރެއްވި“

އެމަނިކުފާނު މިއަދުވެސް ރައީސް ޔާމިންއާއި މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި ރައީސް ޔާމިން ޤައުމުގެ ޒަޢާމަތުގައި ނެތް ކަމުގެ އިހުސާސް މިއަދު ކުރެވޭ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވިއިރު މިއަދު ވަނީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް، މަރުތަކާއި ބެހޭ ކޮމިޝަނުން އެކުލަވާލި ރިޕޯޓު ދިރާސާކުރި ސަބް ކޮމިޓުން އެކުލަވާލާފައިވާ ރިޕޯޓް މަޖިލީހުން ފާސްކޮށްފައެވެ.

ޖަމިއްޔަތުލް ސަލަފާއި، ޑރ.ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް، މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑރ. އަފްރާޝީމް އަލީގެ ރިޕޯޓުގައިވާ އެންމެންނަށް ފިޔަވަޅު އަޅަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: