ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުޅާދޫގައި ބިނާކޮށްފައިވާ ހައުސިންގް ޔުނިޓުތައް ދޫކުރުން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުން / ފޮޓޯ: އެމް.ޑީ.ޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ތުޅާދޫގައި ބިނާކޮށްފައިވާ 100 ހައުސިންގް ޔުނިޓު ދޫކުރުމުގައި ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ތުޅާދޫ ކައުންސިލުން އެ ހައުސިންގް ޔުނިޓުތައް އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ވަނީ ހުއްޓުވާފައެވެ. ނަމަވެސް، ސަރުކާރުން މިހާރު ވަނީ އެ އަމުރާ ޚިލާފަށް، ކުއްލި ގޮތަކަށް އެ މަސައްކަތްތައް ހައުސިންގް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ކަމަށް އެ ޕާޓީން ބުނެއެވެ.

ހައުސިންގް މިނިސްޓްރީން ރަށު ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް އުސޫލެއް އާންމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގް ޔުނިޓުތަކަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ. ”މިއީ ސީދާ ޤާނޫނޫއަސާސީއާއި ލާމަރުކަޒީ ޤާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެއް،“ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީން އިތުރަށް ބުނެފައިވަނީ، އިދާރީ ހިންގުމުގެ ބާރުތައް އެއް ވުޒާރާއަކަށް ޖަމާކުރުމަކީ ލާމަރުކަޒީ ނިޒާމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށެވެ. އަދި މި އަމަލަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ މަކަރުވެރި ރޭވުމެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.

މި މައްސަލައިގައި ތުޅާދޫ ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި އެ މަސައްކަތުގައި ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަންވެސް އެ ޕާޓީން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: