ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 3 ހިއްކުމުގެ 77 އިންސައްތަ މަސައްކަތް ނިންމާލައިފި

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މިހާތަނަށް މަސައްކަތުގެ 49 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްގެ ބެލުމުގެ ދަށުން ކުރިޔަށްދާ މި މަސައްކަތުގެ މައުލޫމާތުތައް ހިއްސާކޮށް އެ ކުންފުނިން ބުނީ ކުރު މުއްދަތެއްގެ ތެރޭގައި ޕްރޮޖެކްޓުގެ ބޮޑުބައެއް ނިންމާލެވިފައިވާކަމަށެވެ. އެގޮތުން 49 ހެކްޓަރުގެ ބިން ހިއްކާ ނިމުނުއިރު، މިއީ މުޅި މަޝްރޫއުގެ 77 އިންސައްތަ އެވެ.

އެމްއޭސީއެލްއިން ބުނީ އަމާޒަކީ ކުރިޔަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއު އެއްކޮށް ނިންމާލުން ކަމަށެވެ. މަސައްކަތުގެ ސްޕީޑު ހަލުވިވެފައި ވަނީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ސަރުކާރުން ގެނައުމާއި އެކު އެވެ.

ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން ބަޖެޓުގައި އެކަމަށް ހާއްސަ އިސްކަމެއް ދީ އަންނަ އަހަރު ވެސް ގިނަ ޕްރޮޖެކްޓުތަކާއި މަސައްކަތްތައް ކުރިޔަށް ދާނެކަމަށް ވަނީ ބުނެފަ އެވެ.

ބޯހިޔާވަހިކަމުގެ ”ޓޯޓަލް ސޮލިއުޝަން“ ގެ ގޮތުގައި ސަރުކާރުން ފާހާގަކުރާ ރަސްމާލެ މަޝްރޫއާއި އެކު މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލޭގައި ބިން ހިއްކައިފައިވާ ސަރަހައްދުން، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލުން ނިންމާލައިފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ވަނީ ދޫކޮށްފައެވެ. އެގޮތުން 3ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނަށް ބަލާއިރު:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަކީ، ބޯހިޔާވެހި ކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން، ހަލުވިކަމާއިއެކު ނިންމުމަށް މަސައްކަތްކުރަމުންދާ، މުހިއްމު މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: