ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު!

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ތާއީދު ކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

2026 ވަނަ އަހަރު ފެށި، މަޖިލިސް ޗުއްޓީގައި އޮއްވައި ސަރުކާރުގެ ފަރާތުން ބައެއް ބިލުތައް މަޖިލީހަށް ފޮނުވައި ފުރަތަމަ ކިއުން އިއްވުމަށް ވަނީ ތައްޔާރުވެފަ އެވެ. އަދި އޭގެ ތެރޭގައި ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ބިލު ހިމެނެ އެވެ.

މި ބިލަށް ތާއީދު ކުރައްވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރަނގަޅު ގޮތެއްކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާފަ އެވެ. ރައީސް ނަޝީދު މި ބިލަށް ތާއީދު ކުރެއްވި ނަމަވެސް އެމްޑީޕީގެ މެމްބަރުންތައް ވަނީ ބިލާއި ދެކޮޅު ހައްދަވާފަ އެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ވެސް، ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ބައެއް ވާހަކަތައް ދެކެވި، އޭގެ މަޝްވަރާތައް ވެސް ކުރި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް މީހުން ހޮވުމަށާއި، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބުތައް ބާއްވަންވާނީ ދެ އިންތިހާބު އެކީގައިކަމަށް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ސްޕޮންސަރ ކުރެއްވި ބިލުގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރުކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ބިލުގައި ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ 2028، ޑިސެމްބަރު 1 ގައިކަމަށެވެ. އެހެންކަމުން އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާއި އެކު މަޖިލިސް އިންތިހާބު ވެސް ބާއްވަންވާނެކަމަށް ބޮލ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: