ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގުގެ ބޮޑުންކަމަށް ބުނެ އައްޑޫއިން ހައްޔަރު ކުރި މީހުންގެ ބަންދަށް އިތުރު 30 ދުވަސް!

އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި ފަސް މީހުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

”މައިލޯ“ ގުރޫޕަށް ނިސްބަތްވާ ހިތަދޫ ފަސް މީހަކު ހައްޔަރުކޮށްފައި ވަނީ، ޑިސެމްބަރު މަހު ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އަދި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ގުރޫޕުގެ ބޮޑެއްކަމަށް ބުނާ އެ ރަށު ކޮންމުލި، އުމުރުން 30 އަހަރުގ އަލީ ނަދީމް (މައިލޯ ނަދަމާ) އާއި، ފަލާހް، އުމުރުން 31 އަހަރުގެ ހާފިޒު ފައުޒީގެ އިތުރުން، ވެޔޮފެހެބުރުގެ، އުމުރުން 43 އަހަރުގެ އިބްރާހިމް ސިރާޖުގެ އިތުރުން ދޮރުފޮތިމާގެ، އުމުރުން 28 އަހަރުގެ ހަސަން އަލްފާފް އަދި އުމުރުން 23 އަހަރުގެ ކެކުރިމާގެ، އަމީން މުހައްމަދެވެ.

ހައްޔަރުގައި ތިބި މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ، ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެންމެންގެ ބަންދަށް 30 ދުވަސް ޖަހައިދީފަ އެވެ.

ބަންދު އިތުރު ކުރި މައްސަލަ ނަދީމްގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

މި މައްސަލައިގައި ފުލުހުން އާންމު ކުރި މައުލޫމާތުތަކުގައި ބުނި ގޮތުގައި، ހައްޔަރުގައި ތިބި މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އަދި މި ނެޓްވޯކަށް އަމާޒުކޮށް ފުލުހުން ތަހުގީގު ފެށީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައިކަމަށް ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ ނެޓްވޯކުގައި ހިމެނޭ ހަތަރު މީހެއްގެ އަކައުންޓުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: