ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްގެން ވާނެ ފައިދާއެއް ނެތް، ދައުރުން ބޭރު ޖަލްސާއަކުން މިކަން ކުރާ ސަބަބާއި މެދު ސުވާލު އުފެދޭ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި، ކުއްލި ގޮތަކަށް މެންބަރުން އެއްކޮށްގެން ދައުރުން ބޭރުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ބާރުތައް ފޭރިގަތުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާއިރު، މި ބިލުގެ މަސައްކަތް ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

ބިލަށް ދެކޮޅު ހައްދަވައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން ލިބޭނެ ފައިދާތަކެއް ހުރި ނަމަވެސް، ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ވޯޓުން ގައުމުގެ ކަންކަން ނިންމުމަށް ރައްޔިތުންނަށް އޮތް ބާރު ހަނިކުރުން ކަމަށެވެ. މިއީ މަތިބަރު ސަރުކާރެއްކަމަށް ސިފަކުރައްވައި ފައްޔާޒް ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ނަމުގައި ކުރަން އުޅޭ ކަންކަމާއި މެދު ރައްޔިތުން ފުންކޮށް ވިސްނާލަން ޖެހޭކަމަށެވެ.

ފައްޔާޒް ވިދާޅުވީ، މަޖިލީހަކީ ސަރުކާރު ޖަވާބުދާރީކުރުވާ ފާރަވެރިވުމުގެ އެންމެ މަތީ ބާރު ކަމަށެވެ. އެތަނުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި، ކޮންމެ 5,000 މީހަކަށް މެންބަރަކު ހޮވާ މިހާރުގެ އުސޫލު އުވާލައި، އާބާދީ ބޮޑުކޮށް އަތޮޅުތަކަށް މެންބަރުން ހޮވާ ގޮތަށް ބަދަލުކުރުން ވެސް މާ ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމުގެ ތެރޭގައި ”ޗެކްސް އެންޑް ބެލެންސް“ ވަރުގަދަކުރަން ބޭނުންވާނަމަ، ފައްޔާޒް ވިދާޅުވީ މަޖިލިސް އިންތިހާބު ދެ ބަޔަކަށް ބަހާލައި ސްޓޭޖްޑް އިލެކްޝަންތައް ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބާ އެކު މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން، އަދި ރިޔާސީ ދައުރުގެ މެދުތެރެއިން ބާކީ ތިބި މެންބަރުން އިންތިހާބު ކުރުމަކީ ސަރުކާރުގެ މަސައްކަތްތަކަށް ބަލައި ރައްޔިތުންނަށް ގޮތް ނިންމުމަށް ލިބޭނެ މުހިންމު ފުރުސަތެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ހަރަދު ކުޑަކުރުމުގެ އިހުލާސްތެރި ނިޔަތެއް އޮތްނަމަ، އެއްކޮށްލަން ޖެހެނީ ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބުކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭގެ ސަބަބެއްކަމަށް ފައްޔާޒް ވިދާޅުވީ ދެ އިންތިހާބަކީވެ ސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގައުމީ ފެންވަރުގައާއި ރަށު ފެންވަރުގައި ވެރިން ހޮވުމަށް ބާއްވާ އިންތިހާބުތަކަކަށް ވާތީއެވެ.

ފައްޔާޒްގެ ވިދާޅުވީ މަޖިލިސް ޗުއްޓީފައި އޮއްވައި ކުއްލި ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބަދަލުގައި، ރައްޔިތުންގެ ބާރުވެރިކަމާ ގުޅޭ މިފަދަ ބޮޑެތި ކަންކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: