ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވައިދާ ޙިލާފަށް ވިޔަފާރިކުރަމުންދިޔަ 02 ބިދޭސީއަކު ހައްޔަރުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އާދިއްތަ ދުވަހު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އާދީއްތަ ދުވަހު މާލޭގައި ވިޔަފާރި ހިންގަމުންދިޔަ 07 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ތަންތަން ބަލާ ފާސްކުރުމުގެ ތެރޭގައި ޤަވައިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ 02 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބިދޭސީންގެ މައްސަލަ އޮތީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. މި މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ދެ އަހަރުގެ ތެރޭގައި ޑީޕޯޓްކޮށްލެވުނު ބިދޭސީންގެ އަދަދު 9,697 އަށްވުރެ މަތިވާނެ ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ޤަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ހުއްދައެއް ނެތި ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ލީގަލައިޒް ކުރުމަށް ”މާސް ލީގަލައިޒޭޝަން ޕްރޮގްރާމް“ އެއް ހިންގުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމުގެ ޖޮބް މެޗިންގ މަސައްކަތް ހޯމް މިނިސްޓްރީން ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މި މަސައްކަތްތަކީ ”އޮޕަރޭޝަން ކުރަނގީގެ“ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކެއް ކަމަށާއި، މީގެ ބޭނުމަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ޤަވާއިދުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކުރުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: