ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ހޮސްޕިޓަލާއި ޖީޕީ ކްލިނިކަށް ނަރުހުން ހޯދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ޖީޕީ ކްލިނިކްގައި މަސައްކަތް ކުރާނެ ގިނަ އަދަދެއްގެ ނަރުހުން ހޯދުމަށް އިއުލާނުކޮށްފިއެވެ. އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖުމްލަ 15 ރެޖިސްޓަރޑް ނަރުހުން ބޭނުންވާ ކަމަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގްގެ 4 ވަނަ ފަންގިފިލާއަށް ފޯމު ހުށަހެޅުމަށް ނުވަތަ jobs@hmh.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

މުސާރައާއި އިނާޔަތްތައް

ނަރުހުންގެ މުސާރަ ކަނޑައަޅާފައިވަނީ ރޭންކްތަކަށް ބަހާލައިގެންނެވެ. އެގޮތުން ރޭންކް ފަހެއްގެ ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި 11,428 ރުފިޔާ، މަގާމުގެ އެލަވެންސްގެ ގޮތުގައި 5,333 ރުފިޔާ އަދި ހާޒިރީ އެލަވެންސްގެ ގޮތުގައި ދުވާލަކަށް 144 ރުފިޔާ ލިބޭނެއެވެ.

ރޭންކް ހަތެއްގެ ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 13,057 ރުފިޔާ، މަގާމުގެ އެލަވެންސްގެ ގޮތުގައި 6,094 ރުފިޔާ އަދި ހާޒިރީ އެލަވެންސްގެ ގޮތުގައި ދުވާލަކަށް 165 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މަގާމުގެ މަސްއޫލިއްޔަތާއި ޝަރުތުތައް

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވާ، ހިދުމަތްދީ އިވެލުއޭޓްކުރުމާއި، ބަލިމީހުންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީވެ، އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ލައިސަންސް އޮތް ފަރާތްތަކަށް ވާންޖެހޭނެއެވެ.

މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ މަސައްކަތު ގަޑީގައި 3350134 ނުވަތަ 3350118 ނަންބަރު ފޯނާ ގުޅުމަށް ހުޅުމާލެ ހޮސްޕިޓަލުން އިރުޝާދުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: