ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަނުކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވައިފި

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ.ރަމީލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސްގެ މަގާމަށް، ކުރީގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޑރ. ރަމީލާ އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަނުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އެކަމަނާ އެ މަގާމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ޑރ. ރަމީލާ އެ ކޮމިޝަނަށް އައްޔަނުކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އެޗްއާރްސީއެމްގެ ގާނޫނު ބުނާގޮތުން، ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. މަރިޔަމް މުނާގެ ދައުރު ހަމަވުމާ ގުޅިގެން ކޮމިޝަންގެ ރައީސްގެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ.

ޑރ. އާއިޝަތު ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރެވެ. ނަމަވެސް، ސިއްހީ ހާލަތު ހުރިގޮތުން 2024 ޑިސެމްބަރު 1 ގައި އެކަމަނާ ވަނީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރްސީއެމްގައި މިހާރު ތިއްބަވަނީ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި، އަޙްމަދު މަޤުސޫމްގެ އިތުރުން ޑރ. އާއިޝަތު ރަމީލާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: