ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއް ފެނިއްޖެ، އެކަމަކު ޖިންސް މިހާތަނަށް ދެނެގަނެވިފައިނުވޭ: ފުލުހުން

ޖޫން މަހު ވައްކަމުގެ އަދަދު ވަނީ މަދުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން އެއީ ކޮން ޖިންސެއްގެ މީހެއްކަން މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު 16:30 ހާއިރު ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ހަށިގަނޑު އޮތް ހާލަތުގެ ސަބަބުން، އެއީ ކޮން އުމުރެއްގެ ނުވަތަ ކޮން ގައުމެއްގެ މީހެއްކަން ދެނެގަތުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ކިނޮޅަސް ކައިރިން ފެނުނީ ދިވެއްސެއް ނުވަތަ ބިދޭސީއެއްގެ ހަށިގަނޑު ކަމެއްވެސް ފުލުހުން މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، ”އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ވާހަކަ ދަންނަވަން“ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މިކަމާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ފުލުހުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: