ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޒިޓް މޯލްޑިވްސްއިން ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީ ކުޑަކޮށްފި

ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ގެސްޓުހައުސްތަކުން ވިޒިޓް މޯލްޑިވްސްއަށް ދައްކަންޖެހޭ މެންބަރޝިޕް ފީ ކުޑަކޮށްފިއެވެ. މި ބަދަލަކީ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި ކުދި ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ނިންމި ނިންމުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މީގެ ކުރިން ގެސްޓުހައުސްތަކުން މެންބަރަކަށް ވުމަށް 1,000 ޑޮލަރު ދައްކަން ޖެހުނު ނަމަވެސް، މިހާރު އެ އަގުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާ ކަމަށެވެ.

ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީއަށް ގެނައި ބަދަލުތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން ޝިއުރީ ވިދާޅުވީ، 25 ކޮޓަރިއަށްވުރެ މަދު ތަންތަނުން ދެން ދައްކަން ޖެހޭނީ 350 ޑޮލަރު ކަމަށެވެ. އަދި 25 ކޮޓަރިއަށްވުރެ ގިނަ ތަންތަނުން ދައްކަން ޖެހޭނީ 750 ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލަށް މިހާރު އަމަލުކުރަން ފަށާފައިވާކަންވެސް ޝިއުރީ ފާހަގަކުރެއްވިއެވެ.

”މިގެނައި ބަދަލު ވަރަށް ބޮޑަށް ހުރިހާ ފަރާތްތަކުން ބަލައިގަނޭ. މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނަ މެންބަރުން ދަނީ ގުޅަމުން. މިއީ އަޅުގަނޑުމެން އޯލްރެޑީ އިމްޕްލިމެންޓެޑް،“ ޝިއުރީ ވިދާޅުވިއެވެ.

ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީއަކީ ކޮންމެ އަހަރެއްގެ ފެށުމާއެކު ދައްކަންޖެހޭ ފީއެކެވެ.

މެންބަރޝިޕް ފީގެ އިތުރުން، ރޯޑު ޝޯވތަކާއި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ އެހެނިހެން ހަރަކާތްތަކުގެ އަގުތައްވެސް ކުޑަކުރުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހަރަކާތްތަކުގައި ބައިވެރިވުމަށް ”ނޮން-ފިޒިކަލް ޕާޓިސިޕޭޝަން“ ނުވަތަ ޑިޖިޓަލްކޮށް ބައިވެރިވުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ. މިއީ ބައިނަލްއަޤުވާމީ މާކެޓުގައި ކުދި ވިޔަފާރިތައް ފުޅާކުރުމަށް ފަހިކޮށްދޭ ފުރުޞަތެކެވެ.

މީގެ އިތުރުން، ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ ކޮންޓެންޓް ދަތުރުތަކުގެ ތެރެއިން، ރިސޯޓުތަކާއި ގެސްޓުހައުސްތައް އިޝްތިހާރު ކުރުމަށް ބޭނުންވާނެ ފެންވަރު ރަނގަޅު ކޮންޓެންޓް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ފިޔަވަޅުތަކަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގ ނެޓްވޯކް އިތުރަށް ފުޅާކޮށް، ހުރިހާ ފަންތިއެއްގެ ވިޔަފާރިތަކަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: