ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖާގެ މައްސަލައިގައި މުއައްސަސާތައް ކޮމެޓީއަށް ހާޒިރު ކުރަނީ

ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީ އަކާއި ގުޅިގެން ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކު ކުޑަ ކުދިންތަކަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ 13 އަހަރުގެ އަންހެން ކުއްޖަކު ބަނޑު ބޮޑުވި މައްސަލައިގައި ކަމާއި ގުޅުންހުރި މުއައްސަސާތައް ރައްޔިތުންގެ މަޖިލީޙުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ. 

ކުޑަކުއްޖާގެ މައްސަލައިގައި ކަމާއި ގުޅުން ހުރި މުއައްސަސާތައް މަޖިލީޙުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 އަށެވެ. 

މި މައްސަލައިގައި ގުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ގޮތުން އެއްވެސް މީހަކާ ގުޅިގެން އުޅޭ ކަން އެނގިފައިނުވާ ކަމަށެވެ.

ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ތަހްގީގަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބަލާއިރު 13 އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ގޮތުން އެއްވެސް ފަރާތަކާއި ގުޅިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން މަހުރޫމް ކޮށްފައިވާ ކަމުގެ މައުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެ މައްސަލަ ޖެންޑާ އާއި ފުލުހުން ގުޅިގެން ބަލަމުން ދިޔަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ބަޔާނުގައި ބުނެފައިވަނީ 13 އަހަރުގެ ކުއްޖާ ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކުދިންނަށް ލިބެންޖެހޭ ހައްގުތައް ފޯރުކޮށްދީ އެކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނައަޅާދިއުމާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެންދިއުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނޭ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގެންދަނީ ތަހްގީގު ކުރަމުންނެވެ.

ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީ އަކާއި ގުޅިގެން ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކު ކުޑަ ކުދިންތަކަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ ކަމަށްބުނެ މިފަހުން ވަނީ އަޑު ފެތުރިފަ އެވެ. އަދި މި މާރާމާރީގައި ޒަހަމްވެ ހާލު ސީރިއަސްވި ރ. މަޑުއްވަރީ ޒުވާނާ އިނދެގެން އުޅެނީ 13 އަހަރުގެ ކުއްޖަކާ ކަމަށް ބުނެ އަޑު ތަކެއް ފެތުރިފައިވާއިރު މި ކުއްޖާ މާބަނޑުވެ ވިހާފައިވާ ކަމަށްވެސް ވަނީ ޔަގީންވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: