ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހުގެ ސަބަބުން، ޕެންޝަން ފަންޑަކީ ހަމައެކަނި ބޭސްކުރަން ހުންނަ އެއްޗަކަށް ވެގެންދާނެ: ޣަފޫރު

ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޣަފޫރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ބަލިވުމުން ބޭސްފަރުވާ ކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ނަގައިގެން ބޭސްކުރަން ޖެހޭ ގޮތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުގައި ސަލާން ޖެހުވުމަށް މަޖުބޫރު ކުރުންކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން މިއަދު ކުރިޔަށް ގެންދިޔަ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އަހަރަށް ވުރެ ގިނަ މުއްދަތަކަށް ދުނިޔޭގައި ހުންނާނެކަމުގެ އުންމީދެއް ނެތް މީހުންނަށް ޕެންޝަން ސޭވިންގެ ފައިސާ އެއްފަހަރާ ނެގޭ ގޮތަށް ބަދަލު ގެނައުން ހިމެނެ އެވެ.

ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި ބިލުގައި ވަނީ ރިޓަޔާމަންޓް ޕެންޝަން އެކައުންޓުގައި ހުންނަ ފައިސާ ނެގޭނީ  އަހަރުވުމަށްފަހު ނަމަވެސް ޓާމިނަލް އިލްނަސްއެއްގެ ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް ފައިސާ ނެގިދާނެކަމަށެވެ.

އިސްލާހުގެ ބަހުސްގައި ޣަފޫރު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ވެސް ސިއްހީ ހާލަތު ގޯސްވުމުން ބޭސްކޮށްދޭން ޖެހޭނީ އާސަންދައިގެ ދަށުން ކަމަށެވެ. ހާއްސަކޮށް ދާއިމީ ބައްޔެއް ހުންނަ މީހެއްނަމަ، އެމީހެއްގެ ހުރިހާ ބޭސްފަރުވާގެ ކަންކަން ސަރުކާރުން އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދޭން ޖެހޭނެކަމަށް ވިދާޅުވި އެވެ.

ޕެންޝަން ފަންޑުން ފައިސާ ނަގައި، ބޭސް ކުރެވޭ ގޮތަށް އިސްލާހު އޮތް އިރު އެއީ އެންމެ ގަބޫލު ކުރާގޮތް ނޫންކަމަށް ޣަފޫރު ވިދާޅުވި އެވެ. ޣަފޫރު އިތުރަށް ވިދާޅުވީ، އާސަންދައިން ކަމެއް ނުވެގެން ސިޓީލައިގެން ދެތިން މަސް ވާއިރުވެސް ޖަވާބެއް ނުލިބުމުގެ ސަބަބުން ހާލަތު ގޯސްވެ، އެންމެ ފަހުން އަމިއްލަ ޕެންޝަން ފަންޑު ބޭނުން ކުރުމަށް ރައްޔިތުމީހާއަށް މި އިސްލާހު މަޖުބޫރުވާ ކަމަށެވެ. މީގެ ސަބަބުން ޕެންޝަން ފަންޑަކީ ހަމައެކަނި ބޭސްކުރަން ހުންނަ އެއްޗަކަށް ވެގެންދާނެ ކަމުގެ ބިރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޕެންޝަން ފައިސާ ކަނޑަމުންދާ ގޮތާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ، ދޮށީ އުމުރުގެ ޕެންޝަންގެ ގޮތުގައި ލިބޭ 5،000 ރުފިޔާގެ ތެރެއިން، އެމީހެއްގެ ދަރިއަކު 2،000 ރުފިޔާ ޖަމާކޮށްދޭނަމަ، ސަރުކާރުން ދެނީ 3،000 ރުފިޔާ ކަމަށެވެ. އަދި ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތްކޮށްގެން 1،500 ރުފިޔާގެ ޕެންޝަނެއް ލިބޭ މީހާއަށްވެސް، ދޮށީ އުމުރުގެ ޕެންޝަނާ އެކު ޖުމްލަ ލިބެނީ 5،000 ރުފިޔާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަބުރުވެރި ދިރިއުޅުމެއް އުޅުމަށްޓަކައި 5،000 ރުފިޔާއަކީ އެންމެ އެކަށީގެންވާ އަދަދުތޯވެސް ޣަފޫރު ވަނީ ސުވާލު އުފައްދާފައެވެ.

އަޅުގަނޑުވެސް ގަބޫލުކުރަން، ދޮށީ އުމުރުގެ މީހުންނަށްދޭ ޕެންޝަން މުއްސަނދިންނަށް ދެވިގެން ނުވާނެ. 20،000 ރުފިޔާއަށްވުރެ މަތީ އާމްދަނީއެއް ލިބޭނަމަ އެ ފައިސާ ދޭނެ ކަމެއް ނެތް. އެހެންނަމަވެސް، ޓީޗަރެއްގެ ގޮތުގައި އުޅެގެން ލިބޭ 2،000 ރުފިޔާ ލިބޭތީ، ޕެންޝަނުން އެ ބައި އުނިކުރުމަކީ އަޅުގަނޑުމެން ގެނެސްގެން ވާނެ ބަދަލެއް ނޫން

މަޖިލީހަށް ހުށަހަޅާފައިވާ މި ބިލިގައި ޕެންޝަންގެ ގާނޫނަށް އިތުރު އިސްލާހުތައް ވެސް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ދައްކަން ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް އިސްލާހު ކުރުން ހިމެނެ އެވެ.

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ޖަލްސާތަކުގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: