ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު 15 އިންސައްތަ އިތުރުވެއްޖެ

އެމްއެމްއޭ ބިލްޑިންގ/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު 15 އިންސައްތަ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، ނޮވެމްބަރު މަހު ލުއި ލޯނާއި ކްރެޑިޓް ކާޑަށް ބޭންކުތަކުން ޖުމްލަ 8.7 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ދޫކޮށްފައިވާ 7.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރާ ފައިސާގެ އަދަދު އަހަރުން އަހަރަށް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ލޯނާއި ކްރެޑިޓް ކާޑަށް ނެގި ފައިސާގެ އަދަދު ވަނީ 141 އިންސައްތަ އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ މައިގަނޑު ހުރިހާ ސިނާޢަތްތަކަކަށް ދޫކުރި ލޯނުގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ޕަރސަނަލް ލޯނު، ފަތުރުވެރިކަން، ވިޔަފާރި، ބިނާކުރުން އަދި ރިއަލް އެސްޓޭޓް ދާއިރާ ހިމެނެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތަށް ބަލާއިރު، އެ ދާއިރާއަށް ދޫކުރި ލޯނުތައް އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ވޯކިންގ ކެޕިޓަލްއާއި، ރިސޯޓް ތަރައްޤީކުރުމާއި ގެސްޓްހައުސްތަކަށް ދޫކުރާ ލޯނުތައް އިތުރުވުމާ ގުޅިގެންނެވެ. ފަތުރުވެރިކަމުގެ ސިނާޢަތް ފިޔަވައި ބޭންކުތަކުން އެންމެ ގިނައިން ލޯނު ދޫކުރަނީ ކްރެޑިޓް ކާޑާއި ލުއި ލޯނުތަކަށް ކަމަށްވެސް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: