ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމާ އެމްޑީޕީ ދެކޮޅު، އުޅެނީ ދައުރު ދަންމާލަން: ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީން ތާއީދު ނުކުރާކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާއިރު، މި ބިލުގެ މަސައްކަތް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ކޮމިޓީ މަރުހަލާއަށް ވަނީ ފޮނުވާފަ އެވެ.

އިސްލާހުގެ ބަހުސްގައި ޣަފޫރު ވިދަޅުވީ ދެ އިންތިހާބު އެއްކޮށްލާ އިސްލާހު ފާސްކޮށް ސަރުކާރުން މަސައްކަތް ކުރަނީ ވެރިކަމުގެ ދައުރު ދަންމާލުމަށް ކަމަށެވެ. މިއީ ހަރަދު ކުޑަކުރުމަށް ގެންނަ ބަދަލެއް ނޫންކަމަށާއި، ސަރުކާރުން މި އިސްލާހު ހުށަހެޅުމުގެ ފަހަތުގައި އެހެން ބޭނުންތަކެއްވާކަމަށް ވެސް ޣަފޫރު ތުހުމަތު ކުރެއްވި އެވެ.

ޣަފޫރު ވިދާޅުވީ ގާނޫނުއަސާސީއަށް މިފަދަ ބޮޑު ބަދަލެއް ގެންނަން ޖެހޭނީ، ރަނގަޅު ދިރާސާއެއް ކުރުމަށްފަހު ކަމަށެވެ. އެގޮތުން ގައުމީ ޔުނިވާސިޓީ އެމްއެންޔޫ މެދުވެރިކޮށް ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރުމަށް އޭނާ ގޮވާލި އެވެ.

ސަރުކާރުން ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށް ޣަފޫރު ވިދާޅުވީ، ސަރުކާރު މެމްބަރުންގެ ވާހަކަތަކުންނާއި މީޑިއާ ރިޕޯޓުތަކުން ސާފުވާކަމަށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށްވުރެ، ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު އެއްކޮށްލައި ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިހާބު ބޭއްވުން ރަނގަޅުކަމަށް ޣަފޫރު ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދު ކުޑަވާނެކަމެއްކަމަށް ބުނާ ބުނުމަކީ ދޮގެއް.. ޕަބްލިކް ވޯކްސްއަށް މިއަދު ވެސް އެބައޮތް 500 މީހުން ވައްދަން އިއުލާނުކޮށްފައި.. އެވެސް އަހަރަކަށް 72 މިލިއަން ހަރަދުވާނެކަމެއް..

މީގެއިތުރުން ޣަފޫރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަނީ އެއްވެސް ހެޔޮ ނިޔަތެއް އޮވެގެންކަމަށް ގަބޫލު ނުކުރާކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް މީހުން ހޮވުމަށާއި، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބުތައް ބާއްވަންވާނީ ދެ އިންތިހާބު އެކީގައިކަމަށް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރުކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ބިލުގައި ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ 2028، ޑިސެމްބަރު 1 ގައިކަމަށެވެ. އެހެންކަމުން އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާއި އެކު މަޖިލިސް އިންތިހާބު ވެސް ބާއްވަންވާނެކަމަށް ބޮލ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: