ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން މެލޭޝިއާގެ ލެގޯލޭންޑަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތުލިބޭ ޕްރޮމޯޝަނެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ކާޑު ކަސްޓަމަރުންނަށް މެލޭޝިއާއަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 1 ޖަނަވަރީ އިން ފެބްރުއަރީގެ 16 ގެ ނިޔަލަށެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިން އޮފް ސޭލް (ޕީއޯއެސް) ޓަރމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓް ކާޑުން ކުރާ ހުރިހާ ޓްރާންސެކްޝަނެއް ގުރުއަތުގައި ހިމެނޭނެއެވެ.

ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެއެވެ.

މި އިނާމަށް ހޮވޭ ފަރާތަކަށް ހަމަޖެހިގެންދާނެ ކަންތައްތަކަކީ:
  • މެލޭޝިއާގެ ޖޮހޯރ އަށް އެއާއޭޝިއާއިން ތިން މީހަކަށް ދެކޮޅު ޓިކެޓު (ކުޑަ ކުއްޖަކާއި ބޮޑު ދެމީހުންނަށް)
  • ލެގޯލޭންޑަށް 1 ދުވަހުގެ އެޑްމިޝަން ފާސް
  • ޑަބަލް ރޫމެއްގައި 4 ރޭގެ ހުރުން

މީގެ އިތުރުން، ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު 5 ނަސީބުވެރިން ހޮވާނެއެވެ. މިއިން ކޮންމެ ނަސީބުވެރިއަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: