ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވެ އާއްމުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޮޑު ބަޔަކަށް ނުރައްކާ މިންވަރަށް ވައި ނުސާފުވެ އާއްމުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކަށް ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފު ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. މެޓުން ބުނީ ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެ ”ރެޑް އެލަރޓް“އަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 6 ގަޑިއިރުވެސް ވައި ހުންނާނީ ނުރައްކާ މިންވަރެއްގައި ކަމަށާއި، ސިއްޙީގޮތުން މައްސަލަ ނެތް ފަރާތްތަކުންވެސް މިއަދު ސަމާލުވާންވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ވައި ނުސާފުވުން ރަނގަޅުވާނެކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށެވެ.

ވައި ނުސާފުވާ މިންވަރު ބަލަނީ އެއާ ކޮލިޓީ އިންޑެކްސް މޮނިޓަރ ތަކުންނެވެ. އެގޮތުން އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދު ހުންނަނަމަ އެއީ ރެޑް އެލާޓެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަޙައްދުގެ ވައިގެ ކޮލިޓީ އިއްޔެ މެންދުރު ހުރީ 179 ގައެވެ.

ރާއްޖެއަށް އިރުވައި މޫސުން ފެށުމާއެކު ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމުގައި ޖައްވު ނުސާފުވެއެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރުވުމުގެ ސަބަބަކީ އުތުރު އިންޑިއާގެ ސަރަޙައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

ރާއްޖެއަށް އިރުވައި މޫސުން ފެށުނީ މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހު އެވެ. މިއީ، ފަހަކަށް އައިސް އެންމެ އަވަހަށް ރާއްޖެއަށް އިރުވައި މޫސުން ފެށުނު ފަހަރެވެ.

ވައިނުސާފުވެއްޖެނަމަ ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވެއެވެ. މިފަދަ ހާލަތަށް ވައިނުސާފުވެއްޖެނަމަ ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރަށްނިކުމެ އުޅުމުން ދުރުވާން ޖެހެއެވެ.

މީގެ އިތުރުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ބޭރަށްނިކުމެ ކަސްރަތުކުރުމާއި ކުޅިވަރުކުޅުން ފަދަ ކަންކަން މަޑުޖައްސާލަން ޖެހެއެވެ.

އަދި ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުން ގެއިން ބޭރަށް ނިކުމެ އުޅުމުގައި މާސްކު އަޅައިގެން އުޅުންވެސް މުހިއްމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: