މިދިލިމަގުގައި ހަރުކޮށްފައި ހުރި ސޯލަރ ޕެނަލެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން މިރޯވި އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑަށް ލިބިފައިވަނީ މިއަދު ހެނދުނު 08:34 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
މި ހާދިސާގެ ރިޕޯޓް ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން ސޯލަރ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 08:45 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފަނުވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

