ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ބުނި ގޮތުގައި، އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެއެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި، 150،410 ފިރިހެނުންނެވެ.

ކޮމިޝަނުން އާންމު ކުރިނ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އީސީން ބުނީ ރެޖިސްޓްރީން މީހަކު އުނިކުރުމަށް ނުވަތަ ރެޖިސްޓްރީގައި ހިމެނިފައިވާ މައުލޫމާތުތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިއުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ރެޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ ސިޔަސީ ޕާޓީއަށް ދީފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށްކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން އިލެކްޝަނުން ވަނީ އިންތިހާބުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކުގެ ތަފްސީލުތައް ވެސް އާންމުކޮށްފަ އެވެ. އެގޮތުން އިންތިހާބަށް 621 ވޯޓު ފޮށި ބަހައްޓާނެކަން ކޮމިޝަނުން އިއުލާނުކޮށްފައި ވެއެވެ.

މިފަހަރުގެ އިންތިހާބަށް ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ލަންކާ އަދި މެލޭޝިއާގަ އެވެ.

އީސީން އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ގަ އެވެ. އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: