ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސަކަށް ހޮވަނީ ކާކުކަން ނޭނގި މަޖިލިސް މެމްބަރެއް ހޮވުމަކީ އަނދިރީގައި ހުރެ ވޯޓުލުން: އަލީ ހުސެއިން

ރައީސްއަކަށް ހޮވަނީ ކާކުކަން ނޭންގި މަޖިލިސް މެމްބަރެއް ހޮވުމަކީ އަނދިރީގައި ހުރެ ވޯޓުލުން: އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާއަކީ ކާކުކަން ނޭންގި މަޖިލިސް މެމްބަރުން ހޮވުމަކީ އެއީ ރައްޔިތުން އަނދިރީގައި ތިބެގެން ވޯޓުލުން ފަދަ ކަމެއްކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ދެކޮޅު ހައްދަވައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އަލީ ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު މިއީ 2 ކަމެއްކުރަން ބާއްވާ ދެ އިންތިހާބެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން ހޮވަނީ ގައުމު ހިންގާނެ މީހާކަމަށާއި އެއީ ގައުމު ހިންގުމުގެ އެންމެ އިސް ވަޒީފާކަމަށާއި އަދި ފަސް އަހަރުގެ މުއްދަތައް ކަމަށް އަލީ ވިދާޅުވިއެވެ. އެހެންކަމުން ރިޔާސީ އިންތިހާބަކީ ގައުމު ހިންގާ މީހާ ހޮވަން ބާއްވާ އިންތިހާބެއް ކަމަށް އަލީ ވިދާޅުވިއެވެ.

އެހެންނަމަވެސް އެއާއި ހިލާފަށް މަޖިލިސް އިންތިހާބުގައި ހޮވާ މީހާއަކީ ރައީސުލްޖުމްހޫރިއްޔާ ކަން ކުރަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބަލާ ޒިންމާދާރު ކުރުވަން ބަލާ މީހެއް ކަމަށް އަލީ ވިދާޅުވިއެވެ. އެހެންކަމުން މި ދެ އިންތިހާބަކީވެސް ދެ ބާވަތެއްގެ ކަމެއް ކުރަން ބާއްވާ ދެ އިންތިހާބެއް ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ މި ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންނަށް އޮޮޅުންތަކެއް އަރާފާނެ ކަމަށެވެ. އެއީ ވޯޓު ލާންވީ ކިހިނެތްތޯ ނުވަތަ ވޯޓުލުމުގައި ރިއާޔަތް ކުރަންވީ ކޮން ކަންކަމަކަށްތޯ ބަލާ، އެކަންކަން ކުރުމަކީ އުންދަގޫ ކަމަކަށް ވެދާނެކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވީ ރައްޔިތުންގެ ތެރޭގައިވާ ގިނަ މީހުންނަކީ ސިޔާސީ މަސްރަހުގައި ކަންކަން ހިނގާގޮތް އެންމެ ރަނގަޅަށް އެނގޭ ނުވަތަ އެކަމަށް ލޯހުޅުވިފައިވާ ބައެއް ނޫން ކަމަށެވެ.

ހަމައެއާއިއެކު ދިމާވާ އަނެއް މައްސަލައަކީ މިގޮތަށް ދެ އިންތިހާބު އެއްކުރީމާ، ވޯޓުލާޏް މިޖެހެނީ އަނދިރީގައި ހުރެގެން. 2028 ގައި އޮންނަ އިންތިހާބު، ދެ އިންތިހާބު އެއްކޮށްލާފައި އޮންނައިރު، މިހާރު ޒިންމާދާރު ކުރުވަން މީހަކު ހޮވާއިރުގައި ތިމާއަށް އެނގެންޖެހޭނެ ތިމާ ޒިންމާދާރު ކުރުވަން ޖެހެނީ ކާކުކަން. އެހެންވީމާ ޒިންމާދާރު ކުރުވަން އެނގޭނީ ނުވަތަ ޒިންމާދާރު ކުރުވާނެ މީހެއް ކަނޑައަޅަން އިނގޭނީ ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އެނގިގެން

އަލީ ވިދާޅުވީ އަނދިރީގައި ހުރެގެން ވަކި މީހެއް ހޮވިދާނެކަމަށް ބަލާފައި ޒިންމާދާރު ކުރުވާނެ މީހާއަށް ވޯޓޫ ދެވޭނެ ގޮތަކީ ކޮބައިތޯ ސުވާލު އުފައްދާފައިވެއެވެ. ތިމާ ޒިންމާދާރު ކުރުވަން އުޅެނީ ކާކުކަން ނޭންގި މީހަކު ހޮވުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށެވެ. އަލީ ވިދާޅުވީ މިހެން މިކަންކުރާ ކަމަށްވާނަމަ މުސްތަގުބަލުގައި އޮންނާނީ އެންމެ 2 ސިޔާސީ ޕާޓީއެއް ކަމަށެވެ.

އަލީ ވިދާޅުވީ ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖޭގައި ފޮހެވިގެންދާނެ ކަމަށެވެ. އެއީ އެމެރިކާގައި ވެސް ބޮޑު ދެ ޕާޓީގެ ގޮތުގައި އޮންނަނީ ރިޔާސީ އިންތިހާބާއި އެއްކޮށް ކޮންގްރެސްގައި ސެނެޓުގެ މެމްބަރުން ހޮވާތީ ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވީ ކަން ކުރަންވީ އެގޮތަށް ނޫން ކަމަށާއި، ރިޔާސީ އިންތިހާބު ބާއްވަންވީ މިހާރުވެސް އޮންނަ ގޮތަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަންވަނީ އޭގެ ދެ އަހަރާއި ބައި ގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: