ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ އައު އޮފީސް އިމާރާތުގެ ކޮންސެޕްޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ!

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އައު އޮފީސް އިމާރާތުގެ ކޮންސެޕްޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ވަނީ، އެ އިދާރާގެ އައު އޮފީސް އިމާރާތުގެ ކޮންސެޕްޓުގެ މަސައްކަތް ކޮށްދިނުމަށް، ޝައުގުވެރިކަން ހުރި ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި މަސައްކަތްކުރުމަށްޓަކައި، ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ، 2026 ޖަނަވަރީ، 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްއެމްއޭއިން ހާމަކުރިއެވެ. އަދި، މި މަސައްކަތަށް ބޭނުންވާ ބީލަން ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ، މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން، ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް އެމްއެމްއޭގެ އިއުލާނުގައިވެއެވެ.

އެމްއެމްއޭގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް އެމްއެމްއޭއިން ކުރުމަށް ހަމަޖެހިފައިވަނީ، އެ އިދާރާ މިވަގުތު ބޭނުންކުރާ އިމާރާތް ހުންނަ ސަރަހައްދު ކާރުބާރު ބޮޑުވުމުގެ ސަބަބުންނެވެ. އަދި، އެހެނިހެން އިމާރާތްތަކާއި، އެމްއެމްއޭގެ އިމާރާތް އެއްވެ ނުވަތަ އިންވެ ހުރުމުގެ ސަބަބުން، އެމްއެމްއޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތަށް ނުބެލެހެއްޓުމުގެ ސަބަބުންނެވެ.

އެމްއެމްއޭގެ އައު އޮފީސް އިމާރާތް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، އެ އިދާރާއިން 210 މިލިއަން ރުފިޔާއަށް ގަނެފައިވާ ބިމެކެވެ. އެގޮތުން، މި ބިމަކީ، 43،000 އަކަފޫޓުގެ ބޮޑު ބިމެކެވެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލޭގައި ތަރައްގީކުރާ އެ އިދާރާގެ އާ އޮފީހުގެ އިމާރާތުގެ ކޮންސެޕްޓް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް މިއަދު އިއުލާންކޮށްފި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: