ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީގެ އުސޫލާއި ހަމަތަކާއި އެއްގޮތަށް ހިންގާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ: ފަލާޙު

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަސްރަހުގައި މިހާހިސާބަށް އައިރު އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީއަކަށް ބަލާއިރު، ޕާޓީއެއްގެ ގޮތުގައި މަސައްކަތްކޮށް، އޮންނަ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ހިންގާ ޕާޓީއަކީ ޕީއެންސީ ކަމަށާއި އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަު މުއިއްޒު ކަމަަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމަށް މިރޭ އޮތް ޖަލްސާގައި ފަލާހު ވިދާޅުވީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް 2008ވަނަ އަހަރުން ފެށިގެން މިދިޔަ ތާރީހީ ދުވަސްތަކުގައި ޕީއެންސީއަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ރައްޔިތުން އެ ފިކުރަކަށް ތާއިދު ކުރެއްވި ވަރުގަދަ ޕާޓީއެއް ކަމަށެވެ. މީގެ ދެ އަހަރު ކުރިން ޕީއެންސީގެ ދަފްތަރަކީ އެންމެ ތިންހާހެއްހާ މެމްބަރުން ކަމަށް ފަލާހު ވިދާޅުވިއެވެ.

އެހެން ނަމަަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ޕީއެންސީގެ ދަފްތަރުގައި މިހާރު 74000 މެމްބަރުން ތިބި ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ދުވަހެއް ދުވަހަަކށް މެމްބަރުން ޕާޓީއަށް ގުޅޭ މިންވަރު އިތުރު ކަމަށާއި، އަދި ނިމިދިޔަ 25 ދުވަހުގެ ތެރޭގައި ފަސްހާހެއްހާ މެމްބަރުން ޕާޓީއަސް ގުޅިވަޑައިގެންފައިވާ ކަމަށެވެ.

”ހަގީގަތަކީ ދިވެހި ރައްޔިތުން، ދިވެހިރާއްޖޭގެ މި ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހުރިހާ ޕާޓީއަކަށް ބަލާއިރު، ޕާޓީއެއްގެ ގޮތުގައި ޕާޓީއެއްގެ އުސޫލުތަކާއި އެ އޮންނަ ގޮތުގައި މަސައްކަތް ކުރާ ހަމައެކަނި ވެރިއަކީ މިއަދު ދަންނަވާލަން ކެރިދާނެ އަޅުގަނޑުމެންގެ މި ޕާޓީގެ ރައީސް، އަދި އަޅުގަނޑުމެންގެ އިއްޒަތްރެރި ރައީސުލްޖުމްހޫރިއްޔާކަން“

ފަލާހު ވިދާޅުވީ ސިޔާސީ ޕާޓީގެ ތާރީހުގައިވެސް މިފަދަ އިމާރާތެއް ނުވަތަ ބިނާއެއް، ޕާޓީގެ މެމްބަރުންނަށް ތައްޔާރުކުރެވިފައި ނެތް ކަމަށެވެ. އެހެންނަމަވެސް އެފަދަ އިމާރާތެއް ލިބިގެން ދިޔައީ ރާއިސްގެ އިރުޝާދާއި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށާއި އަދި ޕާޓީގެ މެމްބަރުންނަށް ރައީސް ކުރައްވާ އިތުބާރެއްގެ ބޮޑު ކަމުން ކަމަށް ފަލާހު ވިދާޅުވއެވެ.

ފާލަހު ވިދާޅުވީ ޕީއެންސީއަށް ގިނަ މެމްބަރުން ޖަމާވުމުގެ މައިގަނޑު އެއް ސަބަބަކީ ރައީސް ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖެއަށް އެމަނިކުފާނު ގެންނަވާ ހެޔޮ ބަދަލުތަކާއި، ތަރައްގީއާއި، މި ރާއްޖޭގެ ހަލާކުވެފައިވާ ދާއިރާތައް ރަނގަޅުކޮށް، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރިއަށް ގެންދާތީ ކަމަށެވެ.

ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށްވެސް މިވަގުތު ޕީއެންސީން ތައްޔާރު ވަމުންދާއިރު، ކެންޑިޑޭޓުން ވެސް އައްޔަނުކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ދާއިރާއެއްގައިވެސް ކެންޑިޑޭޓުން ތަމްސީލް ކުރައްވާއިރު އެކަން އެހެން ސިޔާސީ ޕާޓީއަކަށް ކުރެވިފައި ނުވާ ކަމަށް ފަލާހު ވިދާޅުވއިެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: