ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1 މަސް ތެރޭގައި ގަވާއިދާ ހިލާފަށް ހިންގި 104 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ| ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ގަވައިދާ ހިލާފަށް ހިންގާ މަސާޖު ޕާލާތަކުގެ އަދަދު 200 އަށްވުރެ ގިނަ ކަމަށާއި، މިދިޔަ މަހެެއްހާ ދުވަހުން 104 ތަން ބަންދުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ގައުމު އިސްކޮށްގެން ކަމަށެވެ. ސަރުކާރުން އަޅަމންދާ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ އަމިއްލައަށް ބޭނުންވާގޮތް ގައުމުގެ މަސްލަަހަތައްވުރެ އިސްކޮށްގެން އުޅޭނަމަ މި ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެހެންކަމުން އެ ފަލްސަފާ ދޫކޮށްލާ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.

މި ގައުމުގައި ހުރި އެތައް ގިނަ ގުނަ މަސައްކަތްތަކެއް ހުއްޓުވުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި އެކު މަސައްކަތްތަލެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވއިެވެ. އެގޮތުން މާލެއާއި އަދި ބައެއް އެހެން ސަރަހައްދުތަކުގައިވެސް ހުއްދަނެތް އަދި ދީނީގޮތުންވެސް ހުއްދަނެތް އެތައް އަމަލުތަކެއް ހިންގާ މަސާޖު ޕާލާތަކެއް ހުރި ކަމަށް ރައީސް ފާހަގަކުރެއްވޮއެވެ.

ރައީސް ވިދާޅުވީ އެތަންތަން ބަންދުކުރުމަށް ހުރިހާ ސަރުކާރުންވެސް މަަސައްކަތް ކުރިކަމަށާއި، އެހެންނަމަވެސް މާބޮޑު އިމްޕެކްޓެއް ނުވަތަ އަސަރެއް ނާންނަ ކަމަށެވެ. ރައްޔިތުންގެ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް ރައްޔިތުން ފާހަގަކުރެއްވި އެއްކަމަކީ އެއީ ކަމަށާއި އެހެންކަމުން ސަރުކާރުން އެކަން ރަނގަޅުކުރުމުގެ މަސައްކަތް އެތައްގުނައަކުން މައްޗަށް ގެންދިއުމަށްޓަކައި މަސައްކަތްތަކެއްކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

”ޑިސެމްބަރު 9 އަކުން މިއަދަށް 1 މަސް ގާތް ގަނޑަކަށް މިވީ. އެއް މަސް ވީއރުގައި މި މާލެ ސިޓީން 104 މަސާޖު ޕާލާ ވަނީ ބަންދު ކުރެވިފައި. 104 ޕަސާޖު ޕާލާ. މިއީ ހާދަ ބައިރު ތަންތަނޭ. މި ތަންތަން ހިނގާ ހަމަގައިމުވެސް އެ ފުރުސަތު އޮތީމަ. އެހެންވީމަ އަލުގަނޑުމެން ވާން އެބަ ޖެހޭ މިގައުމުގައި ހުރި ނުބައި އާދަތައް ނައްތާލުމުގެ ރޫހު އަޅުގަނޑުމެންހެ ތެރޭގައި ހިފަހައްޓާ ބަޔަކަށް ވާން“

ރައީސް ވިދާޅުވީ މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، އެގައުމެއްގެ ހުރިހާ ކަމެއްވެސް ހުންނަން ވާނީ އިސްލާމީ ހަމަތަކުގެ މަތީން ކަމަށެވެ. 104 މަސާޖު ޕާލާ ބަންދުކުރެވުނީ އެތައް ބައެއްގެ އެއްބާރުލުމާއި އެކު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކަމާއި ގުޅޭ މުވައްސަސާތަކުން ފާހަގަވެ، ލިބިފައިވާ މައުލޫމާތަށް ބަލާއިރު 200 އެތައް ތަނެއްހަމައެކަނި މާލެ ސިޓީއަސް ބަލާއިރުވެސް ހުރި ކަން ހާމަވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި މަސައްކަތުގެ ނަތީޖާއަކީ، އަމިއްލައަށް ބައެއް ފަރާތްތަކުން އެފަދަ ތަންތަން ބަންދުކުރުން ކަމަށެވެ. އަދި މިހާތަނަށް އައިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންވެސް ޑީޕޯޓު ކުރުމާއި އެކަންކަން ކުރަމުން ގެންދާ ކަމަށާއި، އެގޮތުން މިހާތަަނަށް އައިރު 300އަށްވުރެ ގިނަ ބިދޭސީން ފޮނުވާލެވުނު ކަމަށް ރައީސް ވިދާޅުވއިެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: