ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެސްއެމްއޭ“ މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަ މާއްދާއެއް ފެނިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ނެސްލޭ އިން އުފައްދާފައިވާ ”އެސްއެމްއޭ“ މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަ މާއްދާއެއް ފެނިއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމު ކުރި ބަޔާނެއްގައި ބުނީ ނެސްލޭއިން އުފައްދާ ”އެސްއެމްއޭ“ މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން ”ސެރެއުލައިޑް“ ނަމަކަށް ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، އެ ތަކެތި ބާޒާރުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

”ސެރެއުލައިޑް“ އަކީ ބެސިލަސް ސީރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. އެ މާއްދާއިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެ ނަމަ މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމްއެފްޑީއޭ އިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އެ އުފެެއްދުންތައް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އެމްއެފްޑީއޭ އިން ވަނީ 09 ޖެނުއަރީއިން ފެށިގެން މަނާކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

– އެޑްވާންސް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް

– އެސްއެމްއޭ އެޑްވާންސް ފޮލޯ އޮން މިލްކް 800 ގުރާމް

– އެސްއެމްއޭ އެންޓި ރެފްލަކްސް 800 ގުރާމް

– އެސްއެމްއޭ އަލްފަމިނޯ 400 ގުރާމް

– އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 800 ގުރާމް

– އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 400 ގުރާމް

– އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 1.2 ކިލޯ ގްރާމް

– އެސްއެމްއޭ ލިޓުލް ސްޓެޕް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް

– އެސްއެމްއޭ ކޮމްފޮޓް 800 ގުރާމް

– އެސްއެމްއޭ ފަސްޓް އިންފެންޓް 200 މިލި ލީޓަރު

– އެސްއެމްއޭ ފަސްޓް އިންފެންޓް 70 މިލި ލީޓަރު

– އެސްއެމްއޭ ލެކްޓޮސް ފްރީ 400 ގްރާމް

އެ ބާވަތުގެ ފޯމިއުލާގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މި އަހަރުގެ ނިޔަލަށް މުއްދަތު ހަމަވާ ވައްތަރުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: