ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަކީ ގާނޫނީ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ބައެއް ނޫން: ރައީސް މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަކީ ގާނޫނީ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ބައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ހޮވަން ބޭނުންވަނީ ސަރުކާރަށް ޖެއްސުން ނުކުރާނެ ކެންޑިޑޭޓުން ކަމަށާއި، ޕީއެންސީން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް އެ އިތުބާރުއޮތް ކަމަށެވެ. ރައީސް ވިދާޅުވީ ހުޅުމާލެ ފަދަ ތަންތަނަށްވެސް ހިދުމަތްތައް ދޭން ބޭނުންވަނީ މުނިސްޕަލް ފެންވަރުގައި ކަމަށާއި، އެހެންނަމަވެސް އެކަން ކުރެވޭނީ ސަރުކާރާއި އެއް ހިޔާލެއްގައި ތިބެ ސަރުކާރަށްވެސް އެއްބާރުލުން ދޭ ކައުންސިލެއް އޮވެގެން ކަމަށެވެ.

ރައީސް ވހިދާޅުވީ މުޅި މާލެ ސަރަހައްދަށްވެސް އެ ބޭނުންވާ ހިދުމަތްތައް މުނިސްޕަލް ލެވެލްގައި ދެވޭނީ ސަރުކާރަށް ހުރަސްނާޅާނެ ކައުންސިލެއް އޮވެގެން ކަމަށެވެ. ރައީސް ވިދާޅުވީ އެންމެ ރަށެއްގެ މަޝްރޫއުވެސް ލަސްވާން ބޭނުން ނުވާ ކަމަށާއި، ކޮންމެ ރަށެއްގެ ކަންކަންވެސް ވީހާވެސް އަވަހަށް ނިންމަން ބޭނުން ފުޅުވާ ކަމަށެވެ. ރައީސް ވިދާޅުވީ އެތައް ރަށެއްގައި އަދިވެސް ބިން ހަވާލުނުކޮށް ހުރި ކަމަށެވެ.

މިއަދު ބަލާލިއިރުވެސް ސޮއިކޮށްފައި ހުރި އެތައް މަޝްރޫއެއް ކައުންސިލުން ބިން ހަވާލުނުކޮށްގެން ނުފެށިއޭ ހުރީ. އެހެންވީމާ އެހެނ ނަހަދާނެ ކައުންސިލްތަކެއް ހުރިހާ ރަށަކުން ހޮވައިދިނުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އަދި ޔަގީން ކުރާ ކަމެއް

ލޯކަލް ކައުންސިލްތަކަކީ ގާނޫނީ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ބައެއް ނޫން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކައުންސިލަރުން އިންތިހާބު ކުރާ ނަމަ އެއީ ފުރަރަމަ ވެސް ނުބައި ސިގުނަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އިސްކުރާނީ އިހުލާސްތެރިކަން ކަމަށެވެ. މިމަހުގެ ބާކީ އޮތް ދވަސްތަކުގައިވެސް ފެށޭނެ މަޝްރޫއުތަކެއް ހުރި ކަމަށް ރައީސް ފާހަގަކުރެވިއެވެ. އެކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނީ ސަރުކާރަށް އެ އެއްބާރުލުން ދީގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: