ސަރުކާރުން އިހުލާސްތެރިކަމާއިއެކު ޖަވާބުދާރީވުމުން، އެއްވުންތަކުން އާންމު މަސްލަހަތަށް ބުރުލެއް ނާރާނެކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ސަނީފް ވިދާޅުވީ ގައުމިއްޔަތާއި ހިލާފު އެތައްކަމެއް މި ސަރުކާރުގައި ހިނގަމުންދާކަމަށެވެ.
ކިޔަވައިގެން ހުރުމަކީ މިހާރު މުހިންމުކަމެއް ނޫންކަމަށާއި، ނުކިޔަވާ ހުރި ނަމަވެސް ބޮޑެތި ސިޔާސީ މަގާމުތައް ދެމުން އަންނަކަމަށް ސަނީފް ވިދާޅުވިއެވެ. މަޖިލީހުގައި ބުރަ މަސައްކަތް ކުރެއްވި މެންބަރުން މިއަދު ބޮޑެތި ރަނގަޅު ކުންފުނިތަކުގައި މަގާމުތަކުގައި ތިބި ނަމަވެސް މަސައްކަތެއް ނުކުރައްވާކަމަށް ފާހަގަކުރައްވާ ސަނީފް ވިދާޅުވީ، މިކަންކަމުގެ މައިގަނޑު ސަބަބަކީ ގާނޫނު އަސާސީގެ ރޫހާއި ހިލާފު ގާނޫނުތަކެއްވެސް އުފެދިގެން އައުންކަމަށެވެ.
ސަނީފް އިތުރަށް އަލިއަޅުއްވަލީ އެއްވެ އުޅުމުގެ ގާނޫނަށެވެ. އެގޮތުން ގާނޫނުގައިވާ ގޮތުން ކުރިން އެނގުމަކާއި ނުލާ ސުލްހަވެރި އެއްވުން ބޭއްވޭނެކަމަށާއި، ގާނޫނުގައި މިހެން އޮތް ނަމަވެސް މިއީ މިއަދު ވާ ކަންތައްތަކެއް ނޫންކަމަށް ސަނީފް ވިދާޅުވިއެވެ.
ގާނޫނުގައި ރައްޔިތުންނަށް ލިބދީފައި އޮތް ހައްގެއް ހަނިކުރުމުގެ ބަދަލުގައި ތަންފީޒީ އިދާރާތަކުން ފުރިހަމަ ގޮތުގައި ޒިންމާ އަދާކުރުން މާ މުހިންމުކަމަށް ސަނީފް ވިދާޅުވިއެވެ.
އެހެން ނަމަވެސް ގާނޫނުތަކުން ގާނޫނު އަސާސީގައި ހުރި އެއްޗިހި މަފްހޫމްރައް، މަނާ ކުރާ އުސޫލަށް ލިޔެކިޔުމަށް ބަދަލުކުރެވިގެން ދިޔައީމަ، އެ ގާނޫނު ތަންފީޒުކުރަން ތިބޭ ބޭފުޅުންނަށް، މި ގަބޫލުކުރެވެނީ ތިމަންނަމެންނަށް މި ލިބުނީ އެކަން ހުއްޓުވުމުގެ ބާރޭ.
ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ ދައުލަތުން ކުރާ ކަންތައްތަކައި ހިތްހަމަ ނުޖެހިގެން ބާއްވާ އެއްވުންތަކުގެ ތެރެއިން ކޮންމެސް ވަރަކަށް އާންމު މަސްލަހަތަށް ބުރޫ އަރާކަމަށެވެ. ނަމަވެސް މިއީ ގަސްތުގައި ކުރާނެކަމެއް ނޫންކަމަށް ފާހަގަކުރައްވާ ވިދާޅުވީ، މުޒާހަރާއެއް ކުރާ ހާލަތުގައި ސަރުކާރަށް އޮންނާނީ ރައްޔިތުންނަށް ޖަވާބުދާރީވުންކަމަށެވެ. އެއީ ސުލްހަވެރިކަމާއިއެކު ހައްލު ހޯދޭނެ ގޮތްކަމަށް ފާހަގަކުރެއްވިއެވެ.
މިހެން ކަންތައް ކުރުމުން އެހެން ރައްޔިތުންނަށް މިކަމުގެ ތަކްލީފު އުފުލަން ނުޖެހޭނެކަމަށްވެސް ސަނީފް ވިދާޅުވިއެވެ.

