ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކެއް ހެދުމަށް ސެންޓަރުގެ ޑިމޮލިޝިިންގ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އައިޖީއެމްއެޗްއިން އިއުލާނުކޮށްފިއެވެ.
ޑޮކްޓަރަސް ދެއްކުމަށްޓަކައި ގިނަ ވަގުތު ރައްޔިތުން ހޭދަ ކުރަން ޖެހޭތީ އެފަދަ މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށްތަކައި މާލެ ސަރަހައްދުގައި 6 ޖީޕީ ކްލިނިކެއް އެޅުމަށްވަނީ ނިންމާފައެވެ. އެއް ކިލިނިކް މާފަންނުގައި ހުޅުވާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުލިނިކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހެންވޭރު ޖީޕީ ކްލިނިކް އަޅަނީ، ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ބިމުގައި ކަމަށެވެ. އެހެންކަމުން އެތަން ތަޅާލުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ބީލަން ހުށަހަޅަން ހުޅުވާލާފައިވެއެވެ.
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހުޅުމާލޭގައި ހުރި އޮރެންޖު ހިޔާއަށް ބަދަލުކުރީ އެތަނުގައި އެންމެ އެކަށީގެންވާ ވަރަށް ހިދުމަތްތައް ނުދެވި ރައްޔިިތުންފެ ކަންބިޑުވުން ބޮޑުވުމުންނެވެ. މިހާރުގެ ތެލެސީމިއާ ސެންޓަރަކީ ޖާގަ ތަނަވަސް އަދި ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

