ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމްގެ 179 މައްސަލައެއް މިދިޔަ ޑިސެންބަރު މަހު އެކަނި ވެސް ރިޕޯޓް ކުރެވިފައިވޭ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޭމްގެ 179 މައްސަލައެއް މިދިޔަ ޑިސެންބަރު މަހު އެކަނި ވެސް ރިޕޯޓް ކުރެވިފައިވާ ކަމަށާއި، މި މައްސަލަތަކުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރެއިން 89 މައްސަލައެއްގައި ގެއްލުނު ފައިސާ އަނބުރާ ހޯދާފައިވާއިރު، 45 މައްސަލައިގައި ގެއްލުނު ފައިސާގެ ތެރެއިން ބައެއް ވަނީ ހޯދާފައެވެ. ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު ،

  • އީ-ކޮމާސް: 80 މައްސަލަ
  • ބޭރު ފައިސާ މާރުކުރުން: 31 މައްސަލަ
  • ކާކުކަން އޮޅުވާލައިގެން: 44 މައްސަލަ
  • ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 61 މައްސަލަ
  • އެހެނިހެން: 8 މައްސަލަ ހިމެނެއެވެ.

ރިޕޯޓުކުރެވިފައިވާ ސްކޭމްގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމް ކަމަށް ފާހަގަކުރެވެއެވެ.

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިންގ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސްއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އެކިއެކި ފަރާތްތަކުގެ ނަމުގައި ފައިސާއަށް އެދި ކުރާ މިފަދަ ސްކޭމްތަކުން ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އަދި ހަމައެހެންމެ ފައިސާ ފޮނުވާ އެކައުންޓުގެ ނަމާއި ފައިސާއަށް އެދޭ މީހާގެ ނަން ދިމާވޭތޯ ޔަގީންކުރުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ. އަދި ފޯނަށް އަންނަ ވެރިފިކޭޝަން ނުވަތަ އޯޓީޕީ ކޯޑު އެއްވެސް ޙާލެއްގައި އެހެން ފަރާތަކާއި  ޙިއްސާ ނުކުރުމަށްވެސް އެ ސެންޓަރުންވަނީ އެދިފައެވެ.

އަދި އެކައުންޓެއް ކޮމްޕްރަމައިޒް ވެފައިވާ ކަމަށް ޝައްކުވާނަމަ ލަސްނުކޮށް ފުލުހުންގެ ޙިދުމަތަށް ރިޕޯޓްކުރުމަށްވެސް އެންޓި ސްކޭމް ސެންޓަރުން އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: