ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހާއި ރައީސް ނަޝީދު އެކުގަ އަބޫދާބީއަށް

ފޮޓޯ: ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ފުރާވަޑައިގެންފި އެވެ.

މިއީ ދެ ބޭފުޅުން އެކުގައި ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް ނަޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެ ދެ ބޭފުޅުންގެ ދަތުރުފުޅުގެ ސަބަބުން، ރާއްޖެއާއި އަބޫދާބީގެ ގުޅުން މިހާރަށްވުރެ ބަދަހިވެގެންދާނޭކަމަށެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ވަޑައިގަންނަވަނީ އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ކުރާނެ އެވެ.

ކްރައުން ޕްރިންސްގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު ސަބަބަކީ އަންނަ އާދިއްތަ ދުވަހު ބާއްވާ ކާރު ރޭހެއް ބައްލަވާލެއްވުމަށް ކަމަށް އެނގިފައިވެ އެވެ. މި ދަތުރުފުޅުގެ ހަރަދުތައް އަބޫދާބީގެ ސަރުކާރުން ކުރާއިރު ދެ ބޭފުޅުން މިރޭ ފުރާވަޑައިގެންނެވީ ޕްރައިވެޓް ޖެޓެއްގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: