ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮކްޓަރުގެ ލިޔުންތައް ފުރިހަމަކޮށް ހުށަހެޅުމުން ބޭރުން ފަރުވާއަށް އެހީ ހަމަޖެހޭނެ: އާސަންދަ

ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑައެޅިފައިވާ ލިޔެކިޔުންތައް ހުށައަޅައިފިނަމަ ބޮޑު އެކްސިޑެންޓެއްވި 18 އަހަރުގެ ޒުވާނާއަށް އާސަންދަ ސްކީމްގެ ދަށުން އެހީތެރިކަން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާސަންދައިން ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ޑޮކްޓަރ ރެފަރެލްއާއި ފުރިހަމަ ލިޔުންތަކާއެކު ހުށައަޅައިފިނަމަ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދައިގެ ދަށުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެޒުވާނާގެ އާއިލާއިން ސޯޝަލް މީޑީއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު 10ގައި ހުޅުމާލެ 2ގައި ހިނގި އެކްސިޑެންޓެއްގައި އޭނާގެ ދަރިފުޅުގެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ވަނީ އެ ވަގުތު ނިޔާވެފައި ކަމަށްވެސް ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ މި އެކްސިޑެންޓުގެ ސަބަބުން އޭނަގެ ދަރިފުޅުގެ ވާތް ފަރާތު ލޮލަށް ބޮޑެތި ގެއްލުންތަކެއް ވެ (Globe Rupture)، މިހާރު އެ ލޮލަށް ނުފެންނަ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ދެ ސާޖަރީއެއް ކޮށްފައި ވާ ކަމަށާއި އާސަންދަ އަދި އެންސްޕާގެ އެހީއަށް އެދުނު ނަމަވެސް، މިހާތަނަށް އެއްވެސް އެހީތެރިކަމެއް ލިބިފައެއް ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ލޮލުގެ ފެނުން އަނބުރާ ހޯދުމަށްޓަކައި އިތުރު ސާޖަރީތަކެއް ކުރަން ޖެހޭ ނަމަވެސް، މިވަގުތު މަޑުކުރަމުން ދަނީ ލޮލުގެ ޕްރެޝަރު އާންމު ހާލަތަކަށް އަންނަންދެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: