ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހު 5 ގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހު ބާއްވަން ތާވަލުކޮށްފި އެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް، ހަމަޖެހިފައިވަނީ، އަންނަ މަހު، 5 ގައެވެ.

އެގޮތުން، އެ ދުވަހުގެ ހެނދުނު، 9:00 ގައި 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލިސް ޗުއްޓީގައި މިވަގުތު އޮތްއިރުގަ، މަޖިލީސް ބޭރުން ވަނީ ހާއްސް ޖަލްސާއެއް ބާއްވައިފައެވެ. އެގޮތުން، މި ޖަލްސާގައި، ގާނޫނުއަސާސީ އަށް ސަރުކާރުގެ ފަރާތުން ފޮނުވި އިސްލާހުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވެއެވެ.

މި ޖަލްސާއަށް ހަޒީރުވީ، 30 އެއްހާ މެމްބަރުން ކަމަށްވާއިރު، މި އިސްލާހާއި ގުލިގެން އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސް ވަނީ ބިލުތައް ކޮމިޓީ މަރުހަލާއަަށް ފޮނުވާފަ އެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ގެންގޮސްފައިވަނީ، 2025 ފެބްރުވަރީ 1 އިން މޭ 15 ގަ ނިޔަލަށް ކަމަށްވާއިރު، ދެވަނަ ދައުރު ކުރިއަށް ގެންގޮސްފައިވަނީ، ޖޫން 1 އިން 15 އޮގަސްޓުގެ ނިޔަލަށެވެ. އަދި، ތިން ވަނަ ދައުރު ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު 1 އިން ނޮވެމްބަރުގެ ނިޔަލަށެވެ.

މަޖިލީސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރުގެ 3 ވަނ ދައުރު ނިންމެން ހަމަޖެހިފައި އޮތީ، ނޮވެމްބަރު 30 އަށް ކަމުގައިވީނަމަވެސް، 2025 ވަނަ އަހަރުގެ އެންމެ ފަހު ދައުރު ނިންމާލާ ޗުއްޓީއަށް ދިޔައީ، 2025 ޑިސެމްބަރު 15 ވަނަ ދުވަހު، ދައުރު ދިގު ދަންމާލުމަށްފަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: