ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޕަރޭޝަން އަލިމަގު: 10 ތަނެއް ބަލައިފާސްކޮށް، 04 މީހަކު ހައްޔަރަށް

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއް ހުއްޓުވުމަށް ފުލުހުން ފެށި އޮޕަރޭޝަން. --- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއައަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯކެއް ހުއްޓުވަައި ގާނޫނީ ފިޔަވަޅު އެޅުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން މިއަދު ފެށި މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި މަސްތުވާތެކެތީގެ ވިޔަފާރިކޮށް ލޯންޑަރ ކުރުމުގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ. އަދި ގއ. އަތޮޅުގެ އިތުރުން މާލޭގައި ވެސް އޮޕަރޭޝަނުގެ ބައެއް ދަނީ ކުރިޔަށެވެ.

މި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް ފުލުހުން މިއަދު ބުނީ، މިއަދުގެ މިހާތަނަށް 10 ތަނެއް ބަލައިފާސްކޮށް 04 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ ވަނަވަރު އަދި ހާމައެއް ނުކުރެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާއި ދެކޮޅަށް ފުލުހުން ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ގިނަ ބަޔަކު ހައްޔަރުކޮށްފައި ވެއެވެ. އަދި މި އޮޕަރޭޝަނުގެ ބައިތައް، ބޮޑެތި ނެޓްވޯކްތައް ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ރަށްތަކުގައި ކުރިޔަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި މާލެ، އައްޑޫ، އަދި ގދ. އަތޮޅާއި ގއ. އަތޮޅު ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: