ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޓެކްސީ ލައިންއަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް ”ވޯކްއިން އިންޓަވިއުއެއް“ ބާއްވަނީ!

ގިނަ އަދަދެއްގެ ޓެކްސީތައް އެއާޕޯޓު ޓެކްސީ ލައިންގައި/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ފަށާ ޓެކްސީލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އަންނަ ހޮނިހިރު ދުވަހު ވޯކްއިން އިންޓަރވިއުތައް ބޭއްވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

މިގޮތުން މާލެ ސަރަަހައްދުގައި ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތް ދިނުމަށް، އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފަައިވާ މަސައްކަތުގެ ތެރެއިން ޓެކްސީ ޑްރައިވަރުން ހޯދަން ”ވޯކްއިން އިންޓަވިއު“ އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ސަރުކާރުން ފަށާ ޓެކްސީ ލައިނާއި ގުޅެން ބޭނުންވާ ފުލްޓައިމް ޑްރައިވަރުންނާއި ޕާޓް ޓައިމް ޑްރަައިވަރުންނަށް އެމްޓީސީސީން ބާއްވާ ވޯކްއިން އިންޓަވިއު ބާއްވާނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް މާފަންނު ބަސް ޓާމިނަލުގަ އެވެ.

މި ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ޑްރައިވަރުން ނެގުމުގައި މިވަގުތު ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް އެމްޓީސީސީއިން މީގެ ކުރިން ބުނެފައިވެއެވެ.

ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ނިންމައި އެ މަސައްކަތް ފެށުމާއި އެކު، ޓެކްސީ ޑްރައިވަރުން އެކަމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އަދި ސަރުކާރަކުން މިފަދަ އާންމުންގެ މަސައްކަތުގެ ދާއިރާއެއްގެ ތެރެއަށް ވަނުމުގެ ސަބަބުން އެ ފަރާތްތަކަށް އޭގެ ގެއްލުން ލިބޭނެކަމަށް ވަނީ ބުނެފައެވެ.

ރައްޔިތުންނަށް ދިމާވާ ދަތިތައް ހިއްސާކޮށް، އެކަމުގެ މައުލޫމާތުތައް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިޔަށް ގެންދެވި ސިލްސިލާ ބައްދަލުވުންގެ ތެރެއިން މައްޗަންގޮޅި ރައްޔިތުންނާއި ބައްދަލުކުރެއްވިއިރު ބައެއް ޓެކްސީ ޑްރައިވަރުން ވަނީ، ޑްރައިވަރުންނަށް ދިމާވާ އެކި ދަތިތައް ހިއްސާކޮށްފައެވެ. އަދި އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަން ހައްލު ކުރާނެކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންގެ އަގުވަޒަން ކުރާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މާލެ ސިޓީގައި ޓެކްސީލައިންގެ ހިދުމަތް ފެބްރުއަރީ މަހު އެންމެ ލަސްވެގެން ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ އެންމެ މުހިންމު އެއް ސިފައަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމެވެ. މި ޚިދުމަތުގައި ތިން ސައިޒެއްގެ އުޅަނދު ބޭނުންކުރާނެއެވެ. މީގެ އިތުރުން، ޓެކްސީ ހޯދުމުގެ ޚިދުމަތް ދެވޭނީ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށްވުމުން، ދަތުރުފަތުރުގެ ޚިދުމަތްތައް ލިބުމުގައި ހުރި ދަތިތައް ކުޑަވެ، ޓެކްސީ ޑްރައިވަރުންނާއި ކަސްޓަމަރުންނާ ދެމެދު މުޢާމަލާތްކުރުން އިތުރަށް ފަސޭހަވެގެންދާނެއެވެ. މި ޚިދުމަތް ފެށުމާއެކު، މާލޭގެ ދަތުރުފަތުރުގެ ދާއިރާގައި އިންޤިލާބީ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: