ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއިން ކުދި އަދި ރިޖެކްޓް ކަންނެލި ގަންނަން ފެށުމަކީ ރަނގަޅު ފެށުމެއް: ޔޫނިއަން

ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއިން ކުދި ކަންނެލި ގަންނަން ފެށުމަކީ ރަނގަޅު ފެށުމެއްކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ބުނެފިއެވެ.

އެ ޔޫނިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކުދި އަދި ރިޖެކްޓު ކަންނެލި މިފްކޯއަށް ގަތުމަކީ ރަނގަޅު ފެށުމަކަށް ވިއަސް މަޝްވަރާކުރި އަގުގައި ރިޔާސީ ވައުދާ އެއްގޮތަށް މިފްކޯއަށް ބޮޑު ކަންނެލި ވީހާވެސް އަވަހަކަށް ގަންނަން ފެށުމަށްވެސް ގޮވަލައްވާފައިވެއެވެ.

މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާއަތަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިން ކިރުވާފައިވާ މަހަށް ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ނުދެވި ހުރި ފައިސާގެ ތެރެއިން މިހާތަނަށް 136 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މަސްވެރިންނަށް މުހިއްމީ ފައިސާ ލިބޭނެ އަވަސް އިންތިޒާމެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވި ގޮތުގައި 25ރ. ގެ ރޭޓުން މާލެ ސަރަހައްދުން ކަންނެލި ގަންނާނެ ކަމަށެވެ. އޭގެ އިތުރުން ކަނޑުމަސް ވެސް ގަންނާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހު އޮތް ރަސްމީ ބައްދަލުވުންތަކުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެންމެ ބޮޑަށް ޝަކުވާތައް ހުށަހަޅާފައި ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިނެވެ. އެގޮތުން އެ ދުވަސްވަރު، މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލާ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްވެ ހުއްޓާ ނުލައި އިހުތިޖާޖުތައް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: