ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާންމަހާއި ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޅިން އަލަށް 15 މިސްކިތެއް ހުޅުވަނީ

logo ޚަބަރު ރިޕޯޓު ދުނިޔެ ކުޅިވަރު ވިޔަފާރި ލައިފްސްޓައިލް ދީން ފޮޓޯ EN ސާރޗް... ޚަބަރު ރިޕޯޓް ދުނިޔެ ކުޅިވަރު ވިޔަފާރި ދީން ލައިފްސްޓައިލް ފޮޓޯ @mendhuru_tv Bank of Maldives Bank of Maldives ޚަބަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި "މަސްޖިދުލް އީމާން" ހުޅުވައިފި އިސްމާޢިލް ރާތިޢު 26 ޑިސެމްބަރު 2025 - 14:35 ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އަމިއްލަ ފަރާތަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި މިސްކިތް، "މަސްޖިދުލް އީމާން"/ ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާންމަހާއި ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޅިން އަލަށް ޖުމްލަ 15 މިސްކިތެއް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރަމަޟާންމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އައު މިސްކިތް ހުޅުވުމުގެ މަސައްކަތާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ކުރެއެވެ. މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށްވެސް މިމަސައްކަތްތައް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދައުލަތުގެ މީޑީއާއަށް އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މުޅިން އައު 15 މިސްކިތެއްގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެތެރެއިން 6 މިސްކިތުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އިތުރު 9 މިސްކިތުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވަނީ ބުނެފަ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ ޅ. އޮޅުވެލިފުށި، ހދ. ދިއްދޫ، ށ. ފޯކައިދޫ، ނ. މަނަދޫގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި އައްޑޫ ސިޓީ މަރަދޫގައި މުޅިން އައު މިސްކިތްތައް ހުޅުވާފައިވާކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތް ކުރެވުނު މަސްޖިދުލްއީމާން ހުޅުވާފައެވެ. ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި މަސްޖިދުލްއީމާންއަކީ 1200 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހުރި މިސްކިތެކެވެ.

ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި މިސްކިތް ބިނާކޮށްދެއްވީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮންމެ ރޯދަމަހަކާއި ދިމާކޮށް ބާވެ ހަލާކުވެފައިވާ މިސްކިތްތަކުގެ އާބާތުރަ ފިލުވާ ސާފުކުރުމުގެ މަސަތްކަތްތަށް މިނިސްޓްރީން ކުރިޔަށް ގެންދެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: