ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތްކަމަށް ބުނެ މަސްއޫދުގެ މައްސަލައިގައި ޚަލީލާއި ސުވާލު ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕްލޮމަސީ އާއި ބައިލެޓްރަލް މަޝްވަރާގެ ރީތި އުސޫލުތައް ދޫކޮށް ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތް ކަމަށް ބުނެ، ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރު މަސްއޫދު އިމާދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިން އަހުމަދު ނަސީމް ހުށައަޅުއްވައިފިއެވެ.

މަޖިލީހަށް ވަޒީރުންނާއި ސުވާލު ކުރުމުގެ ނޯޓިސް ފޮނުއްވާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވަނީ އެކަން ހާމަކުރައްވާފައެވެ. މީކާއިލްގެ ސުވާލުގައި އޮތީ ސްރީ ލަންކާގެ ”ޑެއިލީ ނިއުސް“ އަށް ސަފީރު މަސްއޫދު އިމާދު ދެއްވި އިންޓަވިއުއެއްގައި ލަންކާއަށް ދަތުރުކުރާ ދިވެހީންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން އިހާނެތިކޮށް ހިތުން ހުއްޓާނުލައިފިނަމަ ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ޑިޕްލޮމަސީއާއި ބައިލެޓްރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވައްޓެރި އެހެން ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ ވަނީ އަހައިފައެވެ.

މީގެއިތުރަށް މީކާއިލް ވިދާޅުވީ މަސްއޫދު އިމާދު ދާދިފަހުން ދެއްކެވި ވާހަކަތަކަކީ ވިސްނުންތެރިކަމެއް ނެތި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ވަގުތުން އޭނާ އެވާހަކަ އަނބުރާ ގެންދިޔުމަށް ވެސް މީކާއިލް ގޮވައިލެއްވިއެވެ.

ލަންކާގެ މީޑިއާއަށް ދިން އިންޓަވިއުގައި، މަސްއޫދު ވިދާޅުވެފައި ވަނީ އެ ގައުމުގެ އިމިގްރޭޝަނުން ދިވެހިންނާއި މެދު އަމަލު ކުރަނީ ވަރަށް އިހާނެތިކޮށްކަމަށާއި، ވިސާގެ ދަތިކަމިގެ ޝަކުވާ ވަރަށް ގިނައިން ފަހަކަށް އައިސް ލިބެމުންދާކަމަށެވެ.

އެގޮތުން ބައެއް ދިވެހިން އިމިގްރޭޝަން ކިއުގައި ހެނދުނުން ފެށިގެން ހަވީރުގެ ވަގުތާއި ހަމައަށް ތިބެންޖެހޭއިރު އެ ގައުމުން ވަކި ބަޔަކަށް އިސްކަން ދީގެން މަސައްކަތް ކުރަމުން ގެންދާކަމަށް މަސްއޫދު ވިދާޅުވި އެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން ރަސްމީ ބަހެއް ބުނެފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: