ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހަފްތާ ބަންދުގައި ޔޫތު ހަބުގައި ދިވެހި ފިލްމުތަކެއް ބަލާލުމުގެ ފުރުސަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ހަފްތާ ބަންދުގައި، ޔޫތު ހަބުގައި އެންމެ ފަހުގެ ދިވެހި ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިގޮތުން ޖެނުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވަނީ ”އަލިފާން“ އެވެ. ޖެނުއަރީ 16 ވާ ހުކުރު ދުވަހުގެ ރޭ ”އަލްވަދާއު“ އެޅުވުމަށް ހަމަޖެހިފައިވާއިރު ޖެނުއަރީ 17 ވާ ހޮނިހިރު ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވަނީ ”ފުރޭތަ“ އެވެ.

މި ތިން ފިލްމަކީ ވެސް 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ފިލްމުތަކަކެވެ. މި ފިލްމުތައް ހިލޭ ބެލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ތަރައްގީކޮށް ޔޫތް ހަބެއްގެ ގޮތުގައި ހުޅުވީ މިދިޔަ އަހަރުގެ ނުވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެތަން ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.

ހަމަ އެހެންމެ ، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުތައް ވެސް ޔޫތް ހަބްގައި ފަހިވެގެންދާނެއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ގާއިމުކުރި ”ޔޫތު ހަބް“ ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: