މިދިޔަ އަހަރު 596 ދަރިވަރަަކަށް ސްޓޫޑެންޓް ލޯނު ދޫކޮށްފައިވާކަމަށް މަތީ ތައުލީމާއި ތަމްރީނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެެވެ.
މިގޮތުން މަތީ ތައުލީމާއި ތަމްރީނާ ބެހޭ ވުޒާރާއިންއިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާލާއިރު 2025 ވަނަ އަހަރު ވަނީ 596 ދަރިވަރަަކަށް ސްޓޫޑެންޓް ލޯނު ދޫކޮށްފައެވެ.
މީގެ ތެެރޭގައި 359 އަންހެން ދަރިވަރުން ހިމެނޭއިރު ފިރިހެން 237 ދަރިވަރުން ހިމެނެއެވެ.
2025 ވަނަ އަހަރު ސްޓޫޑެންޓް ލޯންގެ ދަށުން ކިޔަވަމުން ދިޔަ 660 ދަރިވަރަކު ދަސްވެނިވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 292 އަންހެން ދަރިވަރުން އަދި 368 ފިރިހެން ދަރިވަރުންނެވެ.
މިހާތަނަށް ޖުމްލަ 1438 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދޫކޮށްފައިވާއިރު އޭގެތެރޭގައި 749 އަންހެން ދަރިވަރުން ހިމެނެއެވެ. އަދި 568 ފިރިހެން ދަރިވަރުން ހިމެނެއެވެ. މީގެ ތެރެއިން ދަސްވެނިވިފައިވަނީ 541 އަންހެން އަދި 670 ފިރިހެން ދަރިވަރުންނެވެ. އެއީ ޖުމްލަ 1211 ދަރިވަރުންނެވެ.
ސްޓޫޑެންޓް ލޯނަށް 2024 އިން 2025 އަށް ބަލާލާއިރު 1.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އެވުޒާއިން ހިއްސާކޮށްފައިވާ މައުލޫމާތުގައިވެއެވެ.
2025 އަހަރު އިއުލާނު ކުރެވިފައިވާ ޕްލޭސްމެންޓްތަކުގެ އަދަދު 500 އަށް އަރާއިރު، ހޮވިފައިވާ ދަރިވަރުންގެ އަދަދު 862 އަށް އަރައެވެ.
ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި މިހާރުވެސް މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ އަދަދު 1،740 އަށް އަރައެވެ. އެއީ 1072 އަންހެން ދަރިވަރުން އަދި 668 ފިރިހެން ދަރިވަރުންނެވެ.
މިދިޔަ ދެ އަހަރު ސްކޮލާޝިޕްތަކަށް ދޫކުރި ފައިސާގެ އަދަދަށް ބަލާލާއިރު މިހާތަަނަށް 1،248،532،379 ރުފިޔާ އަރައެވެ. އަދި 2025 ވަނަ އަހަރަށް ބަލާއިރު 548،162،080.00 ރުފިޔާ އަރައެވެ.

