ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްމާދަށް އާސިފު ހަމަލާދިނީ ދީނީ ޒުވާބަކަށްފަހު، ދެން އޮތް މީހާ އޮތީ ނިދާފަ، ހޭލެވުމުން ދުރުކުރަން އުޅުނު: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު 22 ވަނަ ދުވަހު ލަނޑާ ނަގާ ދޯންޏެއްގައި އިސްމާޢިލް ހަންމާދުގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށް، ކަނޑަށް އެއްލާލާފައި ވަނީ އޭނާ ވަޅި ހެރި މީހާއާ ދެމެދު ދީނީ ގޮތުން ހިޔާލު ތަފާތުވެގެން ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން އާދީއްތަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ ހާދިސާ ހިނގި ބ. މާޅޮހު ފަޅު ބޭރުގައި އަޅާފައި އޮތް “ޕަރީ” ނަމަކަށް ކިޔާ ދޯނީގައި ހައްމާދާއި އިސްމާއިލް އާސިފް ނަމަކަށް ކިޔާ މީހަކާއި އިތުރު މީހެއް ހުރި ކަމަށާއި އޭގެ ތެރެއިން އާސިފަކީ އެ ދޯންޏާ ހަވާލުވެ ހުރި މީހާ ކަމަށެވެ.

ޝިފާއު ވިދާޅުވީ އާސިފާއި ހައްމާދާއި ދެމެދުގައި ދީނީ ހިޔާލު ތަފާތުވުންތަކެއް އުފެދި އެ ދެ މީހުން ޒުވާބު ކުރަމުން ގެންދިޔަ ކަމަށާއި އެއަށް ފަހު އެ ދޯނީގައި އޮތް މަސް ކަނޑާ ވަޅިއަކުން އާސިފު، ހައްމާދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. ދެ މީހުން މާރަމާރި ހިންގިއިރު އެ ދޯނީގައި ދެން ހުރި މީހާ އޮތީ ނިދާފައި ކަމަށާއި އޭނާއަށް ހޭލެވުނީ އެ މާރަމާރީ ހިންގަމުން ދަނިކޮށް ކަން އެ ތިން މީހުންނާ ސުވާލު ކުރުމުން ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ހައްމާދަށް ލިބިފައި ހުރި ޒަހަމްތަކުގެ ތެރޭގައި ބޮލުގެ މެދަކާ ހިސާބު ފަހަތުގައި ގާތްގަނޑަކަށް 10 ސެންޓިމީޓަރުގެ ޒަހަމެއް ހުރި ކަމަށާއި ބުރަކަށީގައި ވެސް ތިން ސެންޓިމީޓަރުގެ ޒަހަމެއް ހުރި ކަމަށެވެ. އަދި އަނގައިގެ ތިރީ ތުންފަތުން ފެށިގެން ދަތްދޮޅިއާ ހަމަައަށް ޒަހަމް ވެފައިވާ ކަމަށާއި ވާތުގެ ދެ އިނގިއްޔާއި އަތްތިލަ ޒަހަމްވެފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އޭނާގެ އަތަށް ލިބިފައި ވަނީ ހަމަލާއަށް ދިފާއުވުމަށް ކުރި މަސައްކަތުގެ ތެރޭގައި ލިބިފައި ހުރި އަނިޔާތައް ކަމަށް ބެލެވޭ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ. އެ މައްސަލަ ވަރަށް އަވަހަށް ޕީޖީއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

ހައްމާދަށް ހަމާލާދިނުމުން ލިބުނު ޒަޚަމްތަކަށް ފަރުވާކުރުމަށް އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށްފަހު ދޫކޮށްލީ ހޮނިހިރު ދުވަހުގައެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ވަނީ ހައްމާދު ހައްޔަރުކޮށްފައެވެ. ހައްމާދު ހައްޔަރުކޮށްފައިވަނީ 13 އަހަރުގެ ކުއްޖަކު ވިހާފައިވާ މައްސަލާގައި އެ ކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: