ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރައްކާތެރި ކެމިކަލް ގުދަންތަކުން މާލެ ސަލާމަތްކުރުމަށް ރައީސް ޞާލިހު ވީ ވަޢުދުފުޅު ހާސިލްވުމާއި ގާތަށް

ކެމިކަލް ގުދަންތައް ބައްލަވާލެއްްވުމަށް ރައީސް ޞާލިހު ތިލަފުށި ސައިޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު މަހުގެ ތެރޭގައި މާލޭގައި ހިނގި ނުރައްކާތެރި ހާދިސާވެގެންދާނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާއަށެވެ. ފުރާނައެއް މި ދުނިޔެއާ އަލްވަދާޢުކިޔުމުގެ އިތުރުން އެތައް ބައެއްގެ މުދަލާއި ސާމާނުތައް އަނދާހުލިވި އިރު އެތައް އާއިލާއެއް ހާލުގައި ޖެހުނެއެވެ. ބޮޑެތޮ ލޯނުތައް ނަގައިގެން އިމާރާތްކުރި ގެ އަނދާ ހުލިވިއިރު އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބަކީ ކެމިކަލް ގުދަނެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއެއްގެ ސަބަބުނެވެ.

null

އަލިފާނުގެ ހާދިސާއަށްފަހު ވަޒީރުނެގް މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުވަނީ މާލެގެ ރައްޔިތުންނަށް ރައްކަތެރި ތަނަކަސް މާލެ ހަދާދެއްވާނެކަމަށެވެ. އެގޮތުން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިން މަސްް ދުވަސްތެރޭގައި ކ.ތިލަފުއްޓަށް ބަދަލުކުރުމަށް ރައީސް ނިންމެވިއެވެ، އަދި އެކަން އާންމުކޮށް އިއުލާނުކުރެއްވުމަށްފަހު، އެ މަސައްކަތް ކުރިޔަށް ގެންދިޔުމަސް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ކުންފުންޏާއި ހަވާލުކުރިއެވެ.

null

ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރުގެ އެންމެ އިސްވާޖިބަަށް ވީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ރައީސް ޞާލިހު އެ ކުންފުންޏާއި ހަވާލުކުރެއްވުި މަސައްކަތް އަވަސް ސްޕީޑުގައިކޮށް ނިންމާށެވެ. އެގޮުން ކުންފުނީގެ މެނޭޖްމެންޓްގެ އެންމެ ބޮޑު ފޯކަސްއެއް އެއަސް ބަހައްޓައިގެން ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެ ކަން އެންމެ އަވަހަށް ނިންމުމަށްޓަކައި ފެށި މަސައްކަތް ނިމި މިހާރު ދަނީ ގުދަންތައް ބަދަލުކުރަމުންނެވެ.

“މިހާރު މިދަނީ ކެމިކަލް ގުދަންތައް ބަަދަލުކުރުމުގެ މަސައްކަތް ކުރަމުން. ކެމިކަލް ގުދަންތައް ބަދަލުމިކުރަނީ އެމްއެންޑީއެފުން އަޅުގަނޑުމެންނަށް ފޮނުވާފައި އޮތް ލިސްޓަކަށް ބަލައިގެން”

އެމްޑީ އިބޫ އިތުރަށް ވިދާޅުވީ، މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް މާލޭގައި މާލޭގައި ނުރައްކާތެރި ކެމިކަލް ރައްކާ ކުރާ ގުދަނެއް ނުހުންނާނެ ކަމަށެވެ. އަދި ރައީސް ޞާލިހު ވައުދުފުޅުވެލެއްވި ގޮތަށް މާލެއަކި ރައްކާތެރި ތަނަކަށް ހެދުމަށް އެޅިގެން މިދިޔަ ފިޔަވަޅަކީ ކުންފުނީގެ މެނޭޖްމެންޓާއި ސްޓާފުންގެ ވަރަށް ބުރަ މަސައްކަތްކަން އެމްޑީ އިބޫ ފާހަގަކުރެއްވިއެވެ.

null

” މިފަދަ ހައްސާސް މައްސަލައެއް ހައްލުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ފުރުސަތެއް ލިބުނީތީ އުފާކުރަން. މުސްތަޤުބަލުގައިވެސް ކުންފުނިން މަސައްކަތް ކުރާނީ ރައީސް ޞާލިހުގެ ވައުދުތައް ފުއްދުމަށް، ޤާނޫނާއި ޤަވާއިދާއި ކުންފުނީގެ އުސޫލުތަކުގެ ތެރެއިން އެންމެ އަވަސް ސްޕީޑުގައި. މި ކުންފުނީގެ މެނޭޖްމެންޓުން ޤާނޫނާއި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ނުކުރާނަން”

ޖީއެމްއައިޒެޑް ކުންފުނި އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަން ފާހަގަކުރައްވައި، އެމްޑި އިބޫ ވިދާޅުވީ، ކުންފުނިން އަބަދުވެސް ކުރިޔަށް ދާނީ ކުންފުނީގެ ހެދިފައި އޮންނަ އުސޫލުތަކާއި ސިޔާސަތުތަކުގެ ތެރެއިންކަމަށެވެ. އަދި ކުންފުނީގެ ބޯޑާއި، ފިނޭންސް މިނިސްޓްރީގެ ނިންމުމަކާއި ޚިލާފަށް މެނޭޖްމެންޓުން ޢަމަލުނުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

null

“މީޑިއާ ތަކުގައި ކުންފުންޏާއި ގުޅޭގޮތުން އެކި ވާހަކަ ފެތުރެމުން އެބަދޭ. އަޅުގަނޑުމެން ދައުވަތު ދެން މީޑިއާތަކަށް. މި މައްސަލަތަކުގެ ޑޮކިއުމެންޓްސްތައް އަޅުގަނޑުމެން އަތުގަ އެބަހުރި. ދިރާސާކޮށްލުމުން އަޅުގަނޑު ކުންފުނި ހިންގަމުން މިދަނީ ކުންފުނީގެ ބޯޑުން ނިންމާ ނިންމުންތަކާއި އެެއްގޮތަށްކަން ސާފުވާނެ”

އޮޑިޓަރ ޖެނެރަލްގެ ފަރާތުން ކުންފުނީގެ އޮޑިޓެއް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫ ވިދާޅުވީ، އޮޑިޓަރ ޖެނެރަލަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ކުންފުނީގެ ފަރާތުން ދެމުން ގެންދަވާކަމަށެވެ. އަދި މި އޮޑިޓްގެ ސަބަބުން ކުންފުނީގެ މެނޭޖްމެންޓުން ޤާނޫނާއި، ޤަވާއިދާއި ޚިލާފަށް އުސޫލުން ބޭރުން ކަންކަން ކޮށްފައި ނުހުންނާނެކަން ޔަޤީން ވެގެންދާނެކަމަށްވެސް އެމްޑީ އިބޫ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: