ދިރާގުން ކުރިއަށްގެންދާ ”އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް“ ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ހަރަކާތުގައި މަޝްހޫރު ޑީޖޭ މީކާގެ ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ކުރިއަށްދާ މި ހަވީރުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވެގެންދާނީ، ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތެވެ.
މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޒުވާން ފަންނާނެއް ކަމަށްވާ ޑީޖޭ މީކާގެ ފޯރިގަދަ ހުށަހެޅުމަކުންނެވެ. އުމުރުން އެންމެ 17 އަހަރުގެ މީކާ އަކީ އޭނާގެ ހުނަރުވެރި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަގުބޫލުކަމެއް ހޯދަމުން އަންނަ ފަންނާނެކެވެ. އެގޮތުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 އާ ގުޅުވައިގެން ބޭއްވި ”ދިރާގު އެކްސް އައިސިކް“ ޝޯގައި ވެސް ޑީޖޭ މީކާ ވަނީ އޭނާގެ މިއުޒިކީ ހުނަރާއި ފޯރިގަދަ ހުށަހެޅުންތައް ދައްކާލައި، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު 31 މާރިޗު 2026 ގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބައޮތެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://www.dhiraagu.com.mv/win2speedboats ވަނީ ހިމަނައިފައެވެ.
ދިރާގުން ދަނީ ޒުވާން ހުނަރުވެރި ފަންނާނުންގެ ކުރިއެރުމަށާއި، އެ ފަރާތްތަކުގެ ފަންނުވެރިކަން ދައްކާލުމަށްޓަކައި އެކިއެކި ފުރުސަތުތައް މަގުފަހިކޮށްދެމުންނެއެވެ. އަދި މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.

