ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދެ އިންތިހާބު އެއްކޮށްލުމަށް މަސައްކަތް ކުރަނީ ދެ ބާރު އެއްކުރުމަށް: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދެ އިންތިހާބު އެއްކޮށްލުމަށް މަސައްކަތް ކުރަނީ ދެ ބާރު އެއްކުރުމަށްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ މުހައްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. 

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ ޝަމްހީދު ވިދާޅުވީ ޕީއެންސީގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެމުންދާ އެންމެ ބޮޑު އަނިޔާއަކީ ގާނޫނު އަސާސީއަށް ކުރަން ޖެހޭ އިހުތިރާމް ނުކުރުންކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ހަމައެއް ލަމައެއް ނެތި ގާނޫނު އަސާސީއަށް ބަދަލު ގެންނަމުންދާކަމަށެވެ.

މިހާ ހިސާބަށް ގަނޫނު އަސާސީ ގެނެސްފައި ވަނީ ވަރަށް ބުރަ މަސައްކަތުންކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. ތިން ބާރު ވަކިވެފައިވާ ގާނޫނީ ނިޒާމެއް އޮންނަން ޖެހޭއިރު، ޕީއެންސީގެ މި ވެރިކަމުގައި އެކަހަލަ އެއްވެސް ސިފައެއް ނެތްކަމަށާއި، މި ސަރުކާރުން ދެ އިންތިހާބު އެއްކޮށްލުމަށް މަސައްކަތް ކުރަނީ ދެ ބާރު އެއްކުރުމަށްކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހުރިއްޔާގެ އެހީތެރިވާ ބައެއްގެ ގޮތުގައި ސިފަކުރުމުގެ ބޭނުމުގައި.

މިވަގުތު ވެރިކަމުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ތިބީ 5 އަހަރަށް ރައްޔިތުން އިންތިހާބު ކުރި ބައެއްކަމަށާއި، ހިތަށް އެރުމާއިއެކު، ދައުރު ދައްމާ ނުލެވޭނެކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެކަމެއް ނޫންކަމަށެވެ.

ބައިނަލްއަގުވާމީ މަޝްރަހަށް ބަލާއިރުވެސް، މިކަހަލަ ކަންކަމަކީ ބަލައިގަންނަކަންކަމެއް ނޫންކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. މިފަދަ ބަދަލުތައް ގެނެވޭނީ ދެން އަންނަ ދައުރަކަށްކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ، މި ނޫން ގޮތަކަށް ކަން ކުރާނަމަ ރާއްޖެއަކީ ބޮޑު ޖޯކަށްވެދާނެކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ހުށައެޅި ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.

ބިލުގައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައިވެއެވެ.  ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: