ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ފާސްކޮށްފި

ފޮޓޯ؛ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަޙްމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ކްރިމިނަލް ކޯޓްގެ އިސްޤާޟީ އަޙްމަދު ހައިލަމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި، ޤާނޫނު ނަންބަރު 13/2010 ދިވެހިރާއްޖެގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 5 ނަންބަރާއި، ހަމަ އެ އެ މާއްދާގެ (ހ)ގެ 9ވަނަ ނަންބަރާއި، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 އާއި 3.1 އާއި 4.1 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފުވެފައިވާކަމަށެވެ. އަދި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް ހައިލަމްކޮށްފިކަމަށް ކޮމިޝަން މެންބަރުން އިއްތިފާޤުވެފައިވާކަަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ހައިލަމްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށިގެން ނުވާ ފަދަ ޢަމަލުތަކެއްކަމަށް ތަހުޤީގު ކޮމިޓީއަށް ޤަބޫލުކުރެވޭތީވެ، އަހްމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ފާސްކޮށްފައިވާކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހައިލަމް ސަސްޕެންޑްކޮށްފައިވަނީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކްރިމިނަލް ކޯޓްގެ މުވައްޒަފުންގެ ވައިބަރ ގުރޫޕަކަށް ފޮނުވި ތަސްވީރަކާއި ގުޅިގެންނެވެ. އެ ތަސްވިރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހާއިގެން ދަމާގޮތަށް ސިފަވާތީވެ، އެ މައްސަލަ ޖޭއެސްސީން ވަނީ އަމިއްލަ އިސްނެގުމަށް ބަަލަން ފަށާފައެވެ.

ހައިލަމް ވަނީ އެ ފޮޓޯ ޝެއަރ ކުރިއިރު އެއްވެސް ގޮތަކަށް އެ ފޮޓޯގައި ރައީސް ޞާލިހު ނުވަތަ ރައީސް ނަޝިދު ސިފަ ނުވާކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ. އަދި އެ ކަމުގައި ހައިލަމްވަނީ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދި ވަޑައިގެންފައެވެ.

އެވަގުތު ހައިލަމް ދިޔައީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީޢަތް ހިންގަވަމުންނެވެ. ހައިލަމް ސަސްޕެންޑުކޮށްފައިވަނީ އެ މައްސަލައިގެ ހުކުމް ކުރުމަށް 4 ވަރަކަށް ގަޑިއިރަށް ވީ ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: