ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔަރަކަށް މުޢުތަޞިމް އަދި ފަނޑިޔާރަކަށް ސުޢޫދު “ހައިލީ ރިކޮމެންޑެޑް”: ޖޭއެސްސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް މުޢުތަޞިމް އަދުނާން އަދި ފަނޑިޔާރުކަމަށް ހުސްނުއްސުޢޫދު ‘ހައިލީ ރިކޮމެންޑެޑް” ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް މަށްވަރާ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ރިޔާސަތު ބެލެހެއްޓެވި ޖަލްސާއާއި ގުޅޭގޮތުން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިއްލައްވާފައިވާ ފަރާތްތަކާއި، ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންތަކާއެކު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަރުތު ފުރިހަމަވެ، ޝޯޓްލިސްޓް ކުރެވުނު ބޭފުޅުންނާއި އިންޓަރވިއު ކުރުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ކޮމިޝަނަށް ބަލައިގަތުމަށާއި، އަދި އެ ރިޕޯޓްގެ އަލީގައި ކޮމިޝަނުން ރައީސަށް މަޝްވަރާ ދިނުމަށް ނިންމި ވާހަކައެވެ.

އެގޮތުން، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢައްޔަނުކުރުމަށް މަޝްވަރާއަށް އެދި ރައީސް ޞާލިހު ފޮނުވާފައިވާ މ.ގުލްފާމްގެ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އަކީ “ހައިލީ ރިކޮމެންޑެޑް” ކުރާ ބޭފުޅެއްކަމަށް ލަފާ ދިނުމަށާއި، ސ.މީދޫ، ހަސަންކާރީގެ އަލްއުސްތާޛު ހުސްނުއްސުޢޫދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ޢައްޔަނުކުރުމަށް “ހައިލީ ރިކޮމެންޑެޑް” ކުރާ ބޭފުޅެއްގޮތުގައި ރައީސަލަށް މަޝްވަރާ ދިނުމަށް ކޮމިޓީން ނިންމި ކަމަށެވެ.
ރައީސް ޞާލިހު ފޮނުވާފައިވާ ނަންތަކުގެ ތެރެއިން އެ ބޭފުޅެއްގެ ނަން ކޮމިޝަނުން ވަނީ ގޮތެއް ނުނިންމާ މަޑުޖައްސާލާފައެވެ. އެއީ މއ.ވޭސައިޑު 410 އަލްއުސްތާޛު

ޢަބްދުއްރަޢޫފް އިބްރާހިމް ގެ ނަންފުޅެވެ. ރަޢޫފާއި ގުޅޭގޮތުން، ކޮމިޝަނަށް ތިން ޝަކުވާއެއް ހުށަހަޅުއްވާފައިވާތީވެ، އެ ޝަކުވާތަކާމެދު ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާއިމެދު ރައީސް ޞާލިހަށް މަޝްވަރާދިނުމަށް ކޮމިޝަނުން ނިންމާފައިވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުޙައްމަދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ. އަދި ފަނޑިޔާރު ޢަބްދުﷲ އަރީފު ވަނީ އަމިއްލަފުޅަށް ރިޓަޔަރވެ ވަޑައިގެންފައެވެ.

މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވީ 3 ފަނޑިޔާރުންނެވެ. އެއީ ވަގުތީ ގޮތުން ކޯޓު ހިންގެވިމާއި ހަވާލުވެ ހުންނެވި އަޒްމިރަލްޑާއާއި، ފަނޑިޔާރު ޝުޖޫންގެ އިތުރުން، ފަނޑިޔާރު މަހާޒުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: