ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، މުހައްމަދު ނައީމް ހުސައިންގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދު ވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ނައީމް އަވަހާރަވުމާއި ގުޅިގެން ”އެކްސް“ ގައި ކުރެއްވި ތައުޒިޔާ ޕޯސްޓެއްގައެވެ.
ޕޯސްޓުގައި ރައީސް ވިދާޅުވީ، ނައީމްގެ އަގުހުރި ހިދުމަތުގެ ހަންދާތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުމެ، ފަނޑުވުމެއް ނެތި ދެމި ހުންނާނެ ކަމަށެވެ. އަދި މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖޭގެ ދޮރުތައް ހުޅުވާލުމަށްފަހު، ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި، ގައުމީ ވައިގެ ބަނދަރުގައި، އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ދޭން ފެށުން ގުޅިފައިވަނީ، އެ ހަނދާންތަކާއި އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީށް ވިދާޅުވީ، ދިވެހީންގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓޯރަލް އަވަހާރަވުމުގެ ހިތާމާގައި، މަރުހޫމުގެ އާއިލާއަށް އަދި އެމްއޭސީއެލްގެ ވެރިންނަށާއި މުވައްޒަފުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
މީގެއިތުރުން، މަރުހޫމް މުހައްމަދު ނައީމް ހުސައިނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށް އެދި ރައީސް ވަނީ ދުއާ ކުރައްވައިފަ އެވެ.

