ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ރައީސްގެ ބެސްޓް ޗޮއިސްއަކަށް ޝަމީމު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޕީޖީކަމަށް ފުރުސަތު ހުޅުވާލުމުން ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވިކަން އެނގިފައިވެއެވެ. އެއީ ކުރީގެ ޑީޕީޖީ ހުސައިން ޝަމީމްގެ އިތުރުން ކުރީގެ ޑީޕީޖީ މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލު އަހްމަދު ޒަނީނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްކަމަށް އައްޔަނުކުރުމަށް ހ. ހިޔާކަން ހުސައިން ޝަމީމްގެ ނަމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

https://twitter.com/ibusolih/status/1201223075716575232?s=20

ޕީޖީގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އާއިޝަތު ބިޝާމު އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ބިޝާމް އިސްތިއުފާ ދެއްވިއިރު އޭނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: