ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން މަޖިލީހުގައި އިހުތިޖާޖަށް: ސައީދު އިހުތިޖާޖު ކުރަމުން، ބަހުސް ކުރަމުން!

އިދިކޮޅުން މަޖިލީސް ޖަލްސާއަށް ހުރަސް އެޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖުގައި ހުންނެވުމަށްފަހު، މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ބަހުސްގައި ބައިވެރިވެވަޑައިގަތުމަކީ އިހުތިޖާޖަށް ވެސް އޮތް ލަދެއްކަމަށް ބުނެ ސަރުކާރުގެ މެމްބަރުން އޭނާއަށް ފާޑުކިޔައިފިއެވެ.

އިދިކޮޅުން އިހުތިޖާޖު ކުރަމުން ދިޔަ ނަމަވެސް ޖަލްސާ އާންމު އުސޫލުން ކުރިޔަށް ގެންދިޔުމަށް މަޖިލީހުގެ ރައީސްމ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވިއެވެ. މެމްބަރުން އަޑުގަދަ ކުރައްވާތީ ޖަލްސާ ކުރިޔަށް ގެންދެވީ ހެޑްސެޓް އަޅައިގެންނެވެ.

އިހުތިޖާޖު ކުރަމުން ސައީދު ބަހުސްގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެކަމާ ގުޅޭ ގޮތުން ސަރުކާރަށް ތާއިދު ކުރާ  ފަރާތްތަކުގެ ފާޑު ކިޔުން ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން ބަހުސްގައި ބައިވެރިވެވަޑައިގަތުމަކީ އިހުތިޖާޖަށް ވެސް އޮތް ލަދެއް ކަމަށް ބައެއް އެމްޑީޕީ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ސައީދުގެ ވާހަައަށްފަހު، ރައީސް ނަޝީދު ވަނީ އިހުތިޖާޖުގައި ވަރެއް ނެތުމުން ޓީވީ ބަލާ ފަރާތްތައް ހިތްހަމަ ނުޖެހިފައި ތިއްބެވި  ކަމަށް ވިދާޅުވެފައެވެ. އިދިކޮޅުން ހުއްޓާނުލާ، އަޑުގަދަ ކުރައްވަމުން ގެންދަވާތީ، އެމްޑީޕީގެ މެމްބަރުން ވަނީ އިހުތިޖާޖުގައި ތިއްބެވުމަށްފަހު މެމްބަރަކު ވާހަކަ ދައްކަވަން ފައްޓަވާއިރަށް މައިކު ކައިރިޔަށް ދަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ޓީވިއަށް ޕޯސްޓަރު އަރާނެހެން، އަޑުގަދަ ކުރަނީ ކަކަށް އެ މަންޒަރު ދައްކަވަންތޯ މެމްމްބަރުން ވަނީ ސުވާލު ކުރައްވާފައެވެ.

މަޖިލީހުގައި އިދިކޮޅު 8 މެމްބަރުން ތިއްބަވާއިރު، އިހުތިޖާޖުގައި ތިއްބެވީ އިދިކޮޅުގެ 3 މެމްބަރުންނެވެ. އެއީ، މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާނު މައުމޫން، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް.

އަޑުގަދަ ކުރައްވި މެމްބަރުންނަށް އިޝާރާތް ކުރައްވާ، އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އެބޭފުޅުން އިހުތިޖާޖު ކުރަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ނޫން ކަމަށެވެ. ރައީސް ޔާމީން ސަރުކާރުގެ، ފުރަތަމަ ނައިބް ރައީސް ޑރ. ޖަމީލް ދަނީ ޕީޕީއެމްގެ ލީޑާޝިޕް ނެގުމަށް މަސައްކަތް ކުރަމުން ކަމަށާއި، އަދި މިހާރު އިހުތިޖާޖުގައި ތިބީ، ޕާޓީގެ ހިންގުން ބޭނުންވާ ބޭފުޅުންކަމަށެވެ.

މަޖިލީހުގެ ޖަލްސާ ހޫނުވެ، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި އިދިކޮޅާއި ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ވެސް ދިޔައެވެ. ހަސަން ވަނީ، ރައީސް ޔާމީނަކީ ގާނޫނު އަސާސީއަށް އެއްވެސް އިހުތިރާމް ނުކޮށް ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ، ރާއްޖޭގެ މާލިއްޔާއިން ވައްކަން ކުރެއްވި ބޭފުޅެއް ކަމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ހުކުމްގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: