ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލާޏެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބޭއްވި ޕްރެސްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިއަދާއި ހަމައަށް އައިރު އޮފިޝަލުންގެ ގޮތުގައި 1454 މީހުން ތަމްރީނު ކުރެވިފައިވާ ކަމަށެވެ. ކައުންސިލްތަކަށް އިންތިހާބު ކުރާ ދާއިރާތަކަކީ 225 ކަމަށާއި އަދި އިންތިހާބު ކުރަންޖެހޭ ޖުމްލަ އަދަދަކީ 678 ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.

ޒާހިދު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 އިންތިހާބުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މި ދެ އިންތިހާބުގައި ޖުމްލަ 1356 މެންބަރުން އިންތިހާބުކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

”ވޯޓުލުމުގެ ހައްގު ލިބިފައި މިވަނީ ޖުމްލަ 294,937މީހުންނަށް. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުން މި އިންތިހާބުގައި ބައިވެރިވެވޭނެ. މި މިޙުންގެ ރަޖިސްޓްރީއާއި ގުޅިގެން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލިން“

ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހާ ބޭއްވުމަށް ހަމަޖެހިފައި މިއޮތް ދުވަހަކީ 4 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

އާންމު އެހެނިހެން އިންތިހާބުތަކެކޭ އެއްގޮތަށް ވޯޓުލުން ކުރިއަށްގެންދާނީ އެދުވަހުގެ ހެނދުނު 8 އިން ފެށިގެން ހަވީރު 4 އަކަށް ކަމަށާއި ގުދުރަތީކަމެއް ދިމާވެގެން ނޫންގޮތަކަށް އެ ވަގުތު އިތުރު ނުކުރާގޮތަށް ގަވާއިދުގައި އިންނާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: